އަންހެނުން ހިޖާބު އެޅުމާ ދެކޮޅަށް އިހުތިޖާޖުކުރި އަންހެނަކު އާންމުންގެ ތެރޭގައި ބަހަރަނާވުމުން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ އިއްޔެ ހިނގާފައި ވަނީ ތެހެރާން އިސްލާމިކް އާޒާދު ޔުނިވަސިޓީގެ ކެމްޕަހެއްގެ ބޭރުގަ އެވެ. ޒުވާން ދަރިވަރުގެ އިތިޖާޖުގެ ތެރޭގައި ހެދުން ބޭލުމުން ކޭމްޕަހުގެ ސެކިއުރިޓީ ގާޑުން އޭނަ ހައްޔަރުކޮށް ފުލުހުންނާ ހަވާލުކޮށްފައިވެ އެވެ.
މި މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައިވެ އެވެ.
އެ ހާދިސާ ގުޅިގެން އިސްލާމިކް އާޒާދު ޔުނިވަސިޓީގެ ތަރުޖަމާނު ސައީދު އާމިރު މަހްޖޫބް އެކްސްގައި ފުލުހުންނާ ހަވާލާދީ ވިދާޅުވީ ބަރަހަނާވި އަންހެން ދަރިވަރަކީ ނަފުސާނީ ގިނަ މައްސަލަތަކެއް ދިމާވެފައިވާ މީހެއް ކަމަށެވެ. އަދި އޭނަގެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެމްނެސްޓީން އިރާނުން ނެރުނު ބަޔާނެއްގައި ދަރިވަރު ވަގުތުން ދޫކޮށްލުމަށް ގޮވާލައިފަ އެވެ. އެތަނުން ބުނީ ދަރިވަރު ހައްޔަރުކުރުމުގެ ތެރޭގައި ޖިންސީ ގޯނާ ވެސް ކޮށްފައިވާ ކަމަށާއި އެ މައްސަލަ އިންސާފުވެރިކަމާ އެކީ ތަހުގީގުކޮށް، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ހައްގު އަދަބު ވެސް ދޭން ޖެހޭނެ ކަމަށެވެ.
Iran’s authorities must immediately & unconditionally release the university student who was violently arrested on 2 Nov after she removed her clothes in protest against abusive enforcement of compulsory veiling by security officials at Tehran's Islamic Azad University. 1/2 pic.twitter.com/lI1JXYsgtm
— Amnesty Iran (@AmnestyIran) November 2, 2024
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަރަހަނާވި ދަރިވަރު މިހާރު ވަނީ މެންޓަލް ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ.
ފަހަކަށް އައިސް ހިޖާބު އެޅުމާ ދެކޮޅަށް އިރާންގައި ހިންގަމުންދާ ހަރަކާތްތައް ގިނަ އެވެ. އެގޮތުން 2022 ގެ ތެރޭގައި އިރާންގައި ބޮޑެތި މުޒާހަރާތަކެއް ވެސްކޮށްފައިވެ އެވެ.