މި އަހަރުގެ މާޗް މަހުގެ ތެރޭގައި ތައާރަފުކުރި ސީ-ޓު-އެއާ ކާގޯ ހިދުމަތުގެ ޑިމާންޑު އިތުރުވަމުންދާތީ މިހާރު އެންމެ އިސްކަމެއްދެނީ އެ ދާއިރާ ރެގިއުލޭޓުކޮށް ކުރިއެރުވުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު ސީ-ޓު-އެއާ ކާގޯ ހިދުމަތުގެ ޑިމާންޑު ވަރަށް ބޮޑަށް އިތުރުވެ ފުޅާވަމުން އަންނަ ކަމަށެވެ. އަދި ރާއްޖެއަކީ ޔޫރަޕާއި މެދު އިރުމަތީގެ ގައުމުތަކަށް ދަތުރުތައް ބާއްވާ ގައުމެއް ކަމަށްވުމުން މުދާ އުފުލުމުގައި ފުރުސަތުތައް އިތުރު ވެފައިވާ ކަމަށް ވިދާޅުވި އެވެ.
"އެހެންވެ މިހާރި އެންމެ އިސްކަމެއް ދެނީ މި ހިދުމަތް ރެގިއުލޭޓްކޮށް ފުޅާކުރަން." އަމީން ވިދާޅުވި އެވެ.
We are excited to see the progress of our new sea-to-air cargo transfer services, established in June 2024! The demand is growing, filling unused freight space on flights from the Maldives to the Middle East and Europe. Our priority is to regulate and protect this developing… pic.twitter.com/x7zJxRFZ9N
— Mohamed Ameen (@ameen3d) November 2, 2024
ސީ-ޓު-އެއާ ކާގޯ ހިދުމަތަކީ މޯލްޑިވްސް ލިމިޓެޑް (އެމްޕީއެލް) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ތައާރަފުކުރި ހިދުމަތެކެވެ. މި ހިދުމަތާ މިހާރު ބޭރުގެ 7 އެެއާލައިނަކުން ބައިވެރިވެފައިވެ އެވެ. އަދި 13 ގައުމަކަށް އަންނަނީ މިހާރު މުދާ ފޮނުވަމުންނެވެ.
ސީ-ޓު-އެއާ ކާގޯ ހިދުމަތަކީ ކަނޑުމަގުން މުދާ ގެނެސް ވައިގެ މަގުން މުދާ އެހެން ހިސާބުތަކަށް އަވަހަށް ފޮނުވައިދޭ ހިދުމަތެކެވެ.