Last Updated: November 22, 14:02
Friday, November 22, 2024
ޚަބަރު

ތިން ވަނަ ކުއާޓަރުގައި އުރީދު އަށް 544 މިލިއަން

މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި އުރީދޫ މޯލްޑިވްސް އަށް 544 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުންް މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ ވަނީ އިތުރެވެ. ދެވަނަ ކުއާޓަރުގެ އާމްދަނީ އަކީ 540 މިލިއަން ރުފިޔާ އެވެ.

ހިސާބުތައް ދައްކާ ގޮތުންތިންވަނަ ކުއާޓަރުގައި އުރީދު އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މޮބައިލް ހިދުމަތްތަކުންނެވެ. އެ ގޮތުން އެ ހިދުމަތްތަކުން 411.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީގެ އިތުރުން ފިކްސްޑް، ބްރޯޑްބޭންޑް އެންޑް އެންޓަޕްރައިސް ހިދުމަތްތަކުން 132.6 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު، އެހެނިހެން ހިދުމަތްތަކުން 198،000ރ ރުފިޔާގެ ލިބިފައިވެ އެވެ.

އުރީދޫން ބުނީ ޓެކުހަށް ކެނޑުމަށް ފަހު މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ އަކީ 167 މިލިއަން ރުފިޔާ ކަމަށެވެ. ޓެކުހަށް ކެނޑުމުގެ ކުރިން އެ އަދަދު ހުރީ 195 މިލިއަން ރުފިޔާގަ އެވެ.