"ވަރަށް އުފާވި. އެއީ ވަރަށް މޮޅު ޝެއިޚް އަކާއި އެއްކޮށް ރޯދަ ވީއްލުމުގެ ފުރުސަތު ލިބުމުން. "، މިއީ ހިރާ ސްކޫލްގެ ގްރޭޑް 4 ގައި ކިޔަވަމުން ގެންދާ ދަރިވަރެއްގެ ޝުޢޫރު ހުރި ގޮތެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ އަލް-އަސްރު އާއި ނޫރުލް އިސްލާމް ޖަމިއްޔާ ގުޅިގެން އައްޑޫގައި މިހާރު ކުރިއަށް ގެންދާ ދީނީ ހޭލުންތެރިކަން އިތުރުކުރުމެގެ ޕްރޮގްރާމްގެ ތެރެއިން، ސްރީލަންކާގެ މަޝްހޫރު އިލްމުވެރިޔާ މުއިޒް ބުޚާރީ ވަނީ ހިރާ ސްކޫލްގެ ގްރޭޑް 3 އަދި 4 ގެ ދަރިވަރުންނާއި އެކު ރޯދަ ވީއްލުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.
ހިރާ ސްކޫލްގައި އިއްޔެ ހަވީރު ބޭއްވި ރޯދަ ވީއްލުމުގެ ކުރިން ޝެއިޚް މުއިޒް ބުޚާރީ ވަނީ އެކުދިންނަށް ޚާއްސަ ދަރުސެއް ކުރިއަށް ގެންގޮސްފައި ވާއިރު އެ ދަރުސްގައި ބައިވެރިވި ހުރިހާ ކުދިން ވެސް ތިބީ ވަރަށް އުފަލުންނެވެ.
" ވަރަށް ރީތި ވާހަކައެއް. ޝެއިޚް ވިދާޅުވީ. ރޯދަ ވަރުބަލިކަމެއް އިހްސާސެއް ނުކުރެވޭ. ހުރިހާ ކުދިން ވެސް ތިބީ އުފަލުން" ގްރޭޑް 3 ގެ ދަރިވަރަކު ބުންޏެވެ.
ހިރާ ސްކޫލްގައި ވަޒީފާ އަދާކުރަމުން ގެންދާ ޓީޗަރަކު ބުނިގޮތުގައި އަލް-އަސްރު ޖަމިއްޔާ އާއި ނޫރުލް އިސްލާމް ޖަމިއްޔާ ގުޅިގެން މިފަދަ ފުރުސަތެއް ހިރާގެ ދަރިވަރުންނަށް ލިބިގެން ދިޔުމަކީ ވަރަށް ބޮޑު އުފަލެކެވެ.
"އަޅުގަނޑުމެން ސްކޫލްގެ މެނޭޖްމަންޓްގެ ނަމުގައި އަލް-އަސްރު ޖަމިއްޔާ އާއި ނޫރުލް އިސްލާމް ޖަމިއްޔާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މިއީ ދަރިވަރުންނަށް ލިބުނު ވަރަށް ތަފާތު ތަޖުރިބާއެއް"
ޝެއިޚް މުއިޒް ބުހާރީ ވަނީ ރޭ ހިރާ ސްކޫލްގެ ބެލެނިވެރިންނާއި ބައްދަލުކޮށް ދަރިން ތަރުބިއްޔަތު ކުރުމާއި ބެހޭގޮތުން ވަރަށް ޚާއްސަ ދަރުސެއް ކުރިއަށް ގެންގޮސްފައެވެ.