މިއަދު ހިތަދޫ މަސްޖިދުލް އިކްރާމްގައި އިމާމްވެ ހުކުރު ކުރައްވާނީ ސްރީލަންކާގެ މަޝްހޫރް އިލްމުވެރިޔާ ޝެއިޚް މުއިޒް ބުޚާރީ އެވެ.
3 ދުވަހުގެ މުއްދަތަކަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދާ ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް އިއްޔެ އައްޑޫ ސިޓީއަށް ވަޑައިގެންނެވި ޝެއިޚް މުއިޒް ވަނީ އިއްޔެ ސ.ހިތަދޫ ހިރާ ސްކޫލްގެ ކުދިންނާއި އަދި ބެލެނިވެރިންނާއި ވެސް ބައްދަލުކޮށް ޚާއްސަ ދަރުސްތަކެއް ދެއްވާފައެވެ.
އަލް-އަސްރު ޖަމިއްޔާއާއި ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ ގުޅިގެން ކުރިއަށް ގެންދާ ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން މިއަދު ހިތަދޫގެ މަގުތަކުގައި ރޯޑް ޝޯވ އެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.