ދުންފަތުގެ ބާވަތްތައް އެތެރެކުރާ އިރު ގަވައިދާ އެއްގޮތަށް ޕެކެޓްކޮށް ލޭބަ ލްނުކޮށް ހުންނަ ދުންފަތުގެ ބާވަތްތައް ނައްތައިލަން ހިނގާ އެ ތަކެތި އެތެރެކުރާ ބައެއެއްގެ އަތުން ނަގަން ޖެހޭ ގޮތަށް ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
ހެލްތު މިނިސްޓްރީން ގެޒެޓްކޮށް އަމަލުކުރަން ފެށި އާ އިސްލާހުގައި ބުނެފައި ވަނީ ޝަރުތު ފުރިހަމަނުކޮށް ދުންފަތުގެ ބާވަތްތައް އެތެރެކުރާ މަރުހަލާގައި އެތެރެކުރި ފަރާތް ޖޫރިމަނާ ކުރުމަށް ފަހު އެ ތަކެތި ގަވައިދާ އެއްގޮތަށް ކަސްޓަމްސްއިން ނައްތާލަން ޖެހޭނެ ކަމަށެވެ. އެގޮތުން އެ އެއްޗެހި ތިމާވެއްޓަށް ގެއްލުން ނުވާ ގޮތެއްގެ މަތީން ނައްތައިލުމަށް ހިނގާ ހަރަދު އެތެރެކުރި ފަރާތްތަކުން ކަސްޓަމްސް އަށް ދައްކަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅައިފަ އެވެ.
މީގެ އިތުރުން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އެފަދަ ތަކެތި ހުންނަ އިރު ހިނގާ ހަރަދު ވެސް އެތެރެކުރި ފަރާތަކުން ދައްކަން ޖެހޭނެ އެވެ. ނަމަވެސް އަމިއްލަ ބޭނުމަށް ޕޯސްޓުން ގެންނަ އެފަދަ ތަކެއްޗާއި އަދި ދަތުރުވެރިން ގެންނަ އެފަދަ ބާވަތްތައް ނައްތާލުމަށް ފައިސާ ދައްކާކަށް ނުޖެހޭނެ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމުން ހުއްޓުވުމުގެ މަގުސަދުގައި ހަދާފައިވާ އެ ގަވައިދުގައި އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަނުގެ ބޭރުގައި އިންޒާރުގެ ނޯޓިސް ޖަހަން ޖެހެ އެވެ.