ޕާކިސްތާންގެ ލާހޯރުގެ ޖައްވު ވަރަށް ބޮޑަށް ނުސާފުވެ، ވައި ތަޢައްޔަރުވުމާ ގުޅިގެން އެ ސިޓީގެ ހުރިހާ ޕްރައިމަރީ ސްކޫލްތަކެއް މިއަދުން ފެށިގެން ހަފުތާއަކަށް ބަންދުކޮށްފި އެވެ.
ޖައްވު ނުސާފުވުމުގެ ސަބަބުން "ގްރީން ލޮކްޑައުން" ޕްލޭންގެ ދަށުން ސްކޫލަތައް ބަންދުކުރުމުގެ އިތުރަށް ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންގެ 50 ޕަސެންޓް މުވައްޒަފުން ގޭގައި މަސައްކަތްކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ތެޔޮ އަޅައިގެން ދުއްވާ އޮޓޯރިކްޝާތައް މި ވަގުތަށް މަނާކުރުމާއި ފިލްޓަރާ ނުލައި ބާބަކިއުގެ ވިޔަފާރި ކުރުން ވެސް މި ވަގުތަށް ވަނީ މަނާކޮށްފަ އެވެ.
ޕާކިސްތާންގެ ދެވަނަ އަށް އެންމެ ބޮޑި ސިޓީ ކަމަށްވާ ލާހޯރަކީ ދުނިޔޭގައި ދެވަނަ އަށް އެންމެ ވައި ނުސާފު ސިޓީ އެވެ. މިކަމާ ހެދި އެ ސިޓީގައި އުޅޭ ރައްޔިތުންނަށް ސިއްހީ އެތައް މައްސަލަތަކަކާ ވެސް ކުރިމަތިލާން ޖެހިފައިިވެ އެވެ. ލާހޯރްގެ އެއާ ޕޮލިއުޝަން ލެވެލް މި ވަގުތު ހުރީ 1،000 އިން މަތީގަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކަނޑައަޅާފައި އޮންނަ ގޮތުން އެ މިންވަރު 300 އިން މަތިވުމަކީ ވަރަށް ބޮޑު ނުރައްކަލެކެވެ.
ލާހޯރްގެ ކަމާބެހޭ އޮފިޝަލުން މިހާރު ވަނީ ކޮންހެމެން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި ނޫނީ އާންމު ބޭރަށް ނުނުކުތަށް ވެސް އިލްތިމާސްކޮށްފަ އެވެ.