Last Updated: November 24, 23:51
Sunday, November 24, 2024
މުނިފޫހިފިލުވުން

ސަނީގެ ކައިވެނި ވައުދު ރާއްޖޭގައި އާކޮށްފި!

ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ އަށް ކުރި ދަތުރުގައި އޭނަ އާއި ފިރިމީހާ ޑެނިއަލް ވެބާގެ ކައިވެނި ވައުދު އާކޮށްފި އެވެ.

އެ މީހުން ޗުއްޓީ ހޭދަކުރި ނޫއީ މޯލްޑިވްސް ކުނާވަށީގެ ބީޗްގައި އެކަމަށްޓަކައި ބޭއްވި ހަފުލާގެ ފޮޓޯތަކެއް ވެސް ބައެއް މީޑިއާތަކުން މިއަދު އާންމުކޮށްފައިވެ އެވެ. ފޮޓޯތަކުން ސަނީ އާއި ޑެނިއަލްގެ ތިން ވެސް ކުދިން ވެސް ފެންނަ އިރު، ކައިވެނިކުރި އާ ކުރި ހަފުލާގައި އެންމެން ތިބީ ހުދު ހެދުމުގަ އެވެ.

ސަނީ އާއި ޑެނިއަަލް ކައިވެނިކުރީ 2011 ގަ އެވެ. އެ މީހުންގެ ތިން ކުދިން ތިބެ އެވެ. އޭގެ ތެރެއިން ދޮށީ އަންހެން ކުއްޖާ ނިޝާ އަކީ 2017 ގައި އެޑޮޕްޓްކުރި ކުއްޖެކެވެ. އަދި އެއްމާބަނޑު ދެ ފިރިހެން ކުދިން ކަމަށްވާ އަޝާ އާއި ނޯއާ އަކީ ސަރޮގޭޓްކޮށްގެން 2018 ގައި ލިބުނު ދެ ކުދިންނެވެ.

ސަނީ ބޮލީވުޑަށް ނުކުތީ 2012 ގެ "ޖިސްމު 2" އިންނެވެ.