މެރިކަލްޗާގެ ދެވަނަ ކޯސް ފަށައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދާ މި ކޯސް ކުރިއަށް ގެންދަނީ ކ. މަނިފުށީގަ އެވެ.
އެ މިނިސްޓްރީން ބުނީ މި ޕްރޮގްރާމަކީ އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ރާއްޖޭގައި މެރިކަލްޗަ ތަރައްގީކުރުމަށްޓަކައި އެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރިއަށް ގެންދާ މުހިއްމު މަސައްކަތެއް ކަމަށެވެ.
ކޯހުގައި ދަސްކޮ ށްދޭ ބައިތަކުގެ ތެރޭގައި އެކުއަކަލްޗަ ކުރުމަކީ ކޮބައިކަމާއި އާންމުކޮށް އެކުއަކަލްޗާގައި ބޭނުން ކުރާ ނިޒާމުތަކާއި އެ ނިޒާމުތައް މަސައްކަތް ކުރާ ގޮތްތަކާއި އެކުއަކަލްޗަ ކުރުމުގައި ބޭނުންކުރާ ތަފާތު ބާއްވަތަކުގެ ކާނާ އާއި ދިރޭކާނާ އާލާކޮށް ގެންގުޅެން ހިމެނޭ ގޮތް ދަސްކޮށް ދިނުން ހިމެނެ އެވެ. އަދި ފާނައާއި ހުއިފިލަނޑާ އާއި މާގަނޑުމަހާއި އިތާމުތް އާލާކުރުމުގެ އެކިއެކި މަރުހަލާތަކާއި އެ ބާވަތްތައް އާލާކުރަން ވެސް ޕްރޮގްރާމްގެ ތެރޭގައި ދަސްކޮށް ދޭނެ އެވެ.
މެރިކަލްޗަ ކޯހުގެ ދެވަނަ ބެޗް ފެށީ އޭގައި ބައިވެރިވާން މުޅި ރާއްޖެ އަށް އާންމުކޮށް ހުޅުވާލައިގެން ބައިވެރިންތަކެއް ނަގައިގެންނެވެ.