Last Updated: November 23, 17:46
Saturday, November 23, 2024
ޚަބަރު

އެމްއެމްޕީއާރްސީން 'ދުނިޔޭގެ އެންމެ ބޮޑު ގިވްއަވޭ'

ރާއްޖޭގެ ޓޫރިޒަމް މާކެޓްކޮށް، ޕްރޮމޯޓްކުރާ ކުންފުނި، އެމްއެމްޕީއާރްސީން ބޮޑު ގިވްއަވޭއެއް އިއުލާންކޮށްފި އެވެ.

ލަންޑަންގައި މިހާރު ކުރިއަށްދާ ޓޫރިޒަމް ފެއާ، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި އިއުލާންކުރީ "ވޯލްޑްސް ބިގެސްޓް ގިވްއަވޭ" ކެމްޕޭން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން އަންނަ އަހަރުގެ ކޮންމެ ހަފުތާ އަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު މި ކެމްޕޭންގެ ތެރެއިން ހޮވޭ ފަރާތްތަކަށް ދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން ރާއްޖޭގެ ލަގްޒަރީ ރިސޯޓްތަކުގައި މުޅިން ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ 52 ފުރުސަތެއް ކެމްޕޭންގެ ތެރެއިން ދޭނެ އެވެ.

ލަންޑަންގައި މިއަދު ފެށި ޑަބްލިއުޓީއެމް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމްގެ އެއް ފެއާ އެވެ.