Last Updated: November 23, 09:32
Saturday, November 23, 2024
ޚަބަރު

ވެރިކަމަށް އަދިވެސް ކުރިމަތިލާނަން: ޔާމީން

ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ފީއެންއެފް) ގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ޔާމީން ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ވިދާޅުވީ 2028 ގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށެވެ. އެކަމަކު ވެރިކަމަށް ކުރިމަތިލައްވަނީ ކޮންމެހެން ވެރިކަން ބޭނުންވެގެންނެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ކުރިމަތިލުމުގައި އޮތީ މައިގަނޑު ތިން ކަމެއް. އެންމެ ބޮޑު ކަމަކީ ފޯޅަވަހި ކަނޑުގެ ސަަރަހައްދު ހޯދުމާއި، އަދި ހޯދޭ ކަަމަށް ވަންޏާ ފޯޅަވަހި ހޯދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތްތަކެއް ކުރުން. މި ސަރުކާރު އެއް އަހަރު ވެގެން ދިޔައީ އިޓްލޮސްގެ ނެތް ސިޓީއެއް، ކުރީގަ ނިންމާފައި އޮތް ނިންމުން ތިމަންނަމެން އިހުތިޖާޖު ކުރަމޭ،" މިހާރުގެ ސަރުކާރަށް ވަރަށް ބޮަށް ފާޑު ވިދާޅުވަމުން ގެންދަވާ ޔާމީން ވިދާޅުވި އެވެ. "ދެން އޮތީ އިންޑިއާ އަސްކަރިއްޔާ މިތަނުން ބޭލުން. މި ދެ ކަންތައް ޙައްލު ކުރުމަށްޓަކައި ވެސް، އަޅުގަނޑު ބޭނުންވޭ ޚިދުމުގެ ފުރުސަތު ލިބުން."

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެރުވި އެވެ. އެކަމަކު އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލުނީ ޖަލު އިއްވި ޖަލު ހުކުމަކާ ގުޅިގެންނެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި މައުމޫން އަބްދުލް ގައްޔޫމްގެ އެއްބަފާ ކޮއްކޯފުޅު ރާއްޖޭގެ ވެރިކަން ކުރެއްވީ 2013–2018 އަށެވެ.