ގއ. ކޫއްޑޫގައި އިތުރު 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ޕަވާ ސިސްޓަމެއް ތަރައްގީކުރަން ހަވާލުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީ ސަރުކާރުން އެ މަޝްރޫއު ހަވާލުކުރީ ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ކިޔާ ކުންފުންޏަކާ އެވެ. އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމެވެ. އަދި ލަކީ ގްލޯބަލްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޝިޝް އޮބެރޯއީ އެވެ.
މަޝްރޫއު ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 6.6 މިލިއަން ރުފިޔާއަށެވެ. މިއީ ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގާ މަޝްރޫއެކެވެ.
މިހާރު ކޫއްޑޫގައި ހުރީ 2،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މިހާރު މުޅި ރާއްޖޭގެ ކޯލްޑު ސްޓޯރޭޖްގެ ކެޕޭސިޓީއަކީ 8500 ޓަނެވެ.