Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

ސްޕާއެއްގައި ހަށިވިއްކި ބަޔަކު ހައްޔަރުކޮށްފި

މާލޭގެ ހެންވޭރު ގެއެއްގައި ހިންގާ "ސަރާ ސެލޫން އެންޑް ސްޕާ" އިން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 5 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓް އަމުރެއްގައ ދަށުން ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނަކާއި ތައިލޭންޑް ހަތަރު އަންހެނުންނެވެ.

ހައްޔަރުކޮށްފައި ވަނީ ގއ. ކަނޑުހުޅުދޫ، ޕާކީޒާ، މުޙައްމަދު ޢިމްރާން، 42، ސަލިނީ ޔަމްޑީ އާއި 30، އާއި ޗަޔަނިޓް ޕިލާ، 30، އާއި ވިލައިޕޯން ކޮޓްވޮންގް، 24، ގެ އިތުރުން ތިޕްސުދާ ސަންގްހަމް، 33، އެވެ.

މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިޕްސުދާ ސަންގްހަމް 15 ދުވަހަށް އަދި ދެން ތިބި އެންމެންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ