ކިނބިހި އެޅުމަކީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމެކެވެ. އެއީ ޖިސްމަށް ހީވާގިކަން ގެނުވާ ކަމަކަށްވާތީ އެވެ.
1. ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުން
2. ކިނބިހި އަޅާއިރު އަޑު މަޑުކުރުން
3. ކިނބިހި އެޅުމަށް ފަހު "الْحَمْدُ لِلَّهِ" ކިޔައި ﷲ އަށް ޙަމްދުކުރުން
4. ކިނބިހިއެޅި މީހާ ﷲ އަށް ޙަމްދުކުރި އަޑު އިވުނު މީހާ، "يَرْحَمُك اللَّهُ" ކިޔައި ކިނބިހިއެޅި މީހާއަށް ދުޢާކޮށް ދިނުން
5. ކިނބިހި އެޅި މީހާ އޭނާ އަށްޓަކައި "يَرْحَمُك اللَّهُ" ކިޔައި ހެޔޮ ދުޢާކޮށް ދިނުން މީހާއަށްޓަކައި "يَهْدِيكُمُ اللَّهُ، وَيُصْلِحُ بَالَكُمْ" ކިޔައި ދުޢާކޮށް ދިނުން
6. ކިނބިހި އަޅާ ޙަމްދުކުރި މީހަކަށް އެހެން މީހުން ދުޢާކޮށް ދިނުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ޙައްޤުތަކުގެ ތެރެއިން ޙައްޤެއް
7. ކިނބިހި އެޅި މީހާ ޙަމްދުކުރި އަޑު ނީވޭ ނަމަ އޭނާއަށްޓަކައި ދުޢާކުރުމެއް ނުވޭ
8. ކިނބިހި އެޅުން ތިން ފަހަރަށްވުރެ ގިނަވެއްޖެނަމަ ޙަމްދުކުރިއަޑު އިވުނަސް އޭނާއަށްޓަކައި މިދުޢާ ކުރުމެއް ނުވޭ، އެ ޙާލަތުގައި ދުޢާ ކުރާނީ އޭނާއަށް ޝިފާ ދެއްވުމަށް އެދި
9. ނަމާދުގައި ވަނިކޮށް ކިނބިހި އެޅިއްޖެނަމަ އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް ޙަމްދު ކިޔުން ޝަރުޢުވެގެންވޭ
10. ޚުތުބާ ކިޔާ ވަގުތު ކިނބިހި އެޅިއްޖެ ނަމަ ޙަމްދު ކިޔުން ޝަރުޢުވެގެންވޭ، އެހެނަސް އެ އަޑު އިވޭ މީހާ ކިނބިހި އެޅި މީހާއަށްޓަކައި ދުޢާ ކުރުމެއް ނުވޭ، އެއީ ޚުތުބާ އަޑުއެހުން އޭނާގެ މައްޗަށް ވާޖިބުވެގެންވާތީ
ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.