މާލެ ސަރަހައްދުގައި މިހާރު ކުރިއަށްދާ "ލޭބަފޯސް ސާވޭ 2024-2025" ގައި ހަރަކާތްތެރި ވާނެ އެނިއުމަރޭޓަރުން ހޯދަން އިއުލާންކޮށްފި އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ ބޭނުން ވަނީ 12 އެނިއުމަރޭޓަރުން ކަމަށެވެ. ސާވޭގައި ބައިވެރިވެވޭނީ އޯ ލެވެލް ފެންވަރުގެ މީހުންނަށެވެ. އަދި ބޭނުން ވަނީ އުމުރުން 18-45 އަހަރާ ދެމެދުގެ މީހުންނެވެ. ސްޓެޓިކްސް އިން ބިއުރޯ އިން ބުނީ ބޯހިމެނުން ނުވަތަ އެފަދަ ސާވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދޭނެ ކަމަށެބެ.
އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް ހަތަރު ދުވަހުގެ ތަމްރީނެއް ކުރިއަށް ގެންދަން ރާވާފައިވާ އިރު، ތަމްރީނު ފުރިހަމަކޮށް ސާވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެލަވަންސް ވެސް ދޭނެ އެވެ. އެގޮތުން ތަމްރީނުގައި ފީލްޑްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150ރ، ފީލްޑް، ކޯޑިން އަދި ޑޭޓާ ޕްރޮސެސިން މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް 500ރ. އަދި ފޯނު އެލަވަންސްގެ ގޮތުގައި ދުވާލަކަށް 20ރ. ދެވޭނެ އެވެ.
ސާވޭގެ މުއްދަތުގައި މަހަކު އެއް ފަހަރު ހަފުތާއަކު ހަ ދުވަހު ފީލްޑް މަސައްކަތް ކުރަން ޖެހެ އެވެ.
އެހެންވެ މި ސާވޭގައި އެނިއުމަރޭޓަރުންގެ ގޮތުގައި މަސައްކަތްކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 14 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އިތުރު މައުލޫމާތު 3008400 ނުވަތަ 3008408 އިން ހޯދޭނެ އެވެ،