Last Updated: November 23, 17:46
Saturday, November 23, 2024
ޚަބަރު

ތިނަދޫގައި 'ހަފުތާރެސް" ބާއްވަނީ

އަންނަ ހަފުތާގައި ތިނަދޫގައި "ހަފުތާރެސް" ބާއްވަން ހަމަޖެހިފައިވާތީ އޭގައި ބައިވެރިވާން ޒުވާނުންނަށް ހުޅުވާލައިފި އެވެ.

ތިނަދޫ ސިޓީ ކައުންސިލުން ބުނީ ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން އެ ސިޓީގައި އެ އިވެންޓް ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 11-17 އަށް ކަމަށެވެ. އެހެންވެ "ހަފުތާރެސް" ގައި ބައިވެރިވާން 16-35 އަހަރާ ދެމެދުގެ މީހުންނަށް މިހާރު ވަނީ ނަން ނޯޓްކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ނަން ނޯޓް ކުރަން ޖެހެނީ 7749240 މި ނަމްބަރު މެދުވެރިކޮށެވެ.

"ހަފުތާ ރެސް" އަކީ ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި އެ މީހުންނާ ގުޅުން ހުރި ވަރަށް ގިނަ މައުލޫމާތާ އެކީ ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއީ ޒުވާނުންގެ ހުނަރާއި އެކި ދާއިރާތަކުން މައުލޫމާތު ދިނުމާއި ވިޔަފާރީގެ ހަރަކާތްތައް ވެސް އެކުލެވޭ ގޮތަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 2018 ގައި ފެށި ޕްރޮގްރާމެކެވެ.