Last Updated: November 21, 13:32
Thursday, November 21, 2024
ޚަބަރު

ޑރ. ޒާހިރަށް ނިޝާން އިއްޒުއްދީނުގެ ޝަރަފު

ރާއްޖޭގެ ތައުލީމަށް ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ޝަރަފު ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ޑރ. މުހައްމަދު ޒާހިރު ހުސައިނަށް އަރުވަން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެގޮތަށް ނިންމެވީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ތަރައްގީ އާއި ރާއްޖޭގައި ތައުލީމު ފުޅާކުރުމަށާއި، ތައުލީމީ ރޮނގުން ރާއްޖޭގެ ރައްޔިތުން ހޭލުންތެރި ކުރުމަށް އިހްލާސްތެރި ކަމާއެކު ގިނަގުނަ ހިދުމަތްތަކެއް ޑޒ. ޒާހިރު ކޮށްދެއްވާފައިވާތީ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

ޝަރަފު އެރުވުން އޮންނާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މާދަމާ ރޭ ދަރުބާރުގޭގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.

އެ ޖަލްސާގައި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު 40 ބޭފުޅުންނަށް ދިނުން ވެސް އޮންނާނެ އެވެ.