އަހަރަކު އެއް ފަހަރު ދުނިޔޭގެ ތިމާވެށީގެ އެންމެ ބޮޑު ސަމިޓް ކަމަށްވާ މި އަހަރު ބާއްވާ "ކޮޕް 29" ގައި ބައިވެރިވެވަޑައިގަތުމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ޠާރިގް އިބްރާހީމް އަޒަރުބައިޖާނަށް ފުރާވަޑައިގެންފިއެވެ.
މިނިސްޓަރުގެ އަރިހުގައި މިނިސްޓްރީގެ އިސްވެރިންގެ ޓީމެއް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. މި ފަހަރުގެ ސަމިޓުގައި ވެސް ރާއްޖެ އިން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
Minister @ThoriqIbrahim departs to Baku to attend UNFCCC COP29.
Watch this space for updates on Maldives at COP29. pic.twitter.com/nNc8p5NjIN
— Min. of Climate Change, Environment and Energy (@MoEnvmv) November 10, 2024
ކޮޕް 29 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެން ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ. މިދިޔަ އަހަރު ދުބާއީގައި ބޭއްވި ކޮޕް-28 ގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ. ންނަވާފައެވެ.
ކޮޕް 29 ކުރިއަށް ދާނީ މާދަމާ އިން ފެށިގެން މި މަހުގެ 22 އާ ހަމައަށް އަޒަރުބައިޖާންގެ ވެރިރަށް ބަކޫގަ އެވެ. ސަމިޓްގެ މި އަހަރުގެ ޝިޢާރަކީ "އިން ސޮލިޑޭރިޓީ ފޯ އަ ގްރީން ވޯލްޑް" އެވެ.