Last Updated: November 24, 13:27
Sunday, November 24, 2024
ދުނިޔެ

މޮރިޝަސްގެ ބޮޑުވަޒީރަށް ދެވަނަ ދައުރެއް ނުލިބުނު

މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނާތަށް ދެވަަނަ ދައުރެއް ލިބޭ ގޮތެއް ނުވެ، އިއްޔެ ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުން އޭނަގެ ކޯލިޝަން ބަލިވެއްޖެ އެވެ.

މި އިންތިހާބުގައި ވެރިކަންކުރާ ލައެލައިންސް ލެޕެޕް ބަލިކޮށް ކުރި ހޯދީ އެންމެ ބޮޑު އިދިކޮޅު ލީޑަރު ނަވިން ރަމްގޫލަމްގެ ކޯލިޝަން އެލައިންސް އޮފް ޗޭންޖް އެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ އިން އެ ކޯލިޝަން ކުރި ހޯދުމާ ގުޅިގެން ޕްރަވިންދު ބަލި ގަބޫލު ކުރައްވައި، ރައްޔިތުންގެ ނިންމުމަށް އިހުތިރާމު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މި އިންތިހާބުގައި ރައްޔިތުން ނިންމީ ގައުމުގެ އާ ބަޔަކާ ހަވާލުކުރަންކަން ސާފުވެއްޖެ. އެ ނިންމުމަށް އިހުތިރާމު ވެސް ކުރަން،" މިއަދު މީޑިއާތަކާ ވާހަކަ ދައްކަވަމުން ޕްރަވިންދު، 62، ވިދާޅުވި އެވެ.

އޭނަ އަށް ދެވަނަ ދައުރެއް މު ގެއްލުނީ ޗާގޯސް ހޯދަން ކުރި މަސައްކަތުގެ ތެރޭގައި އެކަން ސަރުކާރަށް ކާމިޔާބު ވެސް ވެފައި ވަނިކޮށެވެ. ޗާގޯސްގެ ސިޔާސަތީ ބާރި މޮރިޝަސް އަށް ދޫކޮށްލަން އިނގިރޭސިވިލާތުން ނިންމީ މިދިޔަ މަހުގެ ތެރޭގަ އެވެ.