ކުނި މެނޭޖްކުރުމާ ގުޅޭ ތަމްރީނަކަށް 14 މީހަކު އިންޑިއާ އަށް ގޮސްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ނިއު ދިއްލީގައި އިއްޔެ ފެށި ތަމްރީނު ޕްރޮގްރާމަކީ އެމްސީއީޕީ މަޝްރޫޢުގެ ދަށުން ރާއްޖޭގެ 2، 4 އަދި 5 ވަނަ ޒޯނުގެ އެކި ރަށްރަށުން 14 މީހަކު ބައިވެރިވެގެން ކުރިއަށްދާ ޕްރޮގްރާމެއް ކަމަށެވެ. އެ މީހުންގެ ތަމްރީނު ކުރިއއަށް ދަނީ ނިއު ދިއްލީގެ ޓެރީ ސްކޫލް އޮފް އެޑްވާންސްޑް ސްޓަޑީޒްގަ އެވެ.
އެގޮތުން "ވޭސްޓް މެނޭޖްމަންޓް ސިސްޓަމްސް: އޮޕަރޭޝަން އެންޑް މެއިންޓަނަންސް" ކުރިއަށް ދާނީ އަންނަ ބުރާސްފައްޗާ ހަމައަށެވެ.
މިއީ ޓެރީ ސްކޫލް އޮފް އެޑްވާންސްޑް ސްޓަޑީޒްގެ އައިސީޑަބްލިއުއެމްއާރްގައި ކުރިއަށްދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ސަބަބުން ބައިވެރިންގެ ކުނި މެނޭޖްކުރުމުގެ ހުނަރު އިތުރުވެ، އެ މީހުންގެ ރަށްރަށުގައި ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.