ޗައިނާގައި އުމުރުން ދުވަސްވީ މީހަކު ބާރު ސްޕީޑްގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ސްޓޭޑިއަމެއް ފަޅާލައި، ވަދެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މިއަދު 35 މީހަކު މަރުވެ، 43 މީހަކު ޒަހަމްވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އެ ހާދިސާ ހިނގީ ޗައިނާގެ ޒުހާއީގައި ކަމަށިއޮ ކާރު ކޮންޓްރޯލް ނައްޓާލައި ވަން ސްޓެޑިއަމަކީ ގިނަ އަދަދެއްގެ ބަޔަކު ކަސްރަތު ކޔރަން އުޅުނު ތަނެއް ކަމަށެވެ. އެ ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވި އިރު، ބޮޑެތި ޒަހަމްތަކެއް ލިބުނު މީހުންނަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ ދުވަސްވީ މީހުންނާއި ކުޑަކުދިންނެވެ.
މި ހާދިސާއާ ގުޅިގެން އެސްޔޫވީ ދުއްވަން އިން 62 އަހަރުގެ މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުންނާ ހަވާލާފދީ މީޑިއާތަކުން ބުނީ އެކްސިޑެންޓްވުމުން އޭނަ އަތުލައިގަތީ ފިލަން އުޅެނިކޮށް ކަަށާއި އެކަމުގެ ތެރޭގައި ލިބުނު އަނިޔާތަކާ ގުޅިގެން އެ މީހާ މިހާރު އޮތީ ކޯމާއެއްގައި ކަމަށެވެ.
މި ނުރައްކާތެރި ހާދިސާ ހިނގި ސަރަހައްދަކީ އާންމުކޮށް ސެކިއުރިޓީ ވެސް ވަރަށް ބޮޑަށް ވަރުގަދަކޮށްފައި އޮންނަ ސަރަހައްދެކެވެ.