ވޯޓާ ބަންކަރިންގެ ހިދުމަތް ދޭން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް) އިން 200 ޓަނުގެ ބާޖެއް ބަނދެފި އެވެ.
ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ޑޮކްޔާޑުގައި ބަނދެފައިވާ ބާޖު އިއްޔެ ވަނީ މޫދަށް ބާލައިފަ އެވެ.
ވޯޓާ ބަންކަރިންއާ ބެހޭ ގޮތުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ފޭސްބުކް ފޯސްޓެއްގައި ވިދާޅުވީ ވޯޓާ ބަންކަރިންގެ ޚިދުމަތް އައު ހަރުފަތަކަށް ގެންދެވެނީ ކަމަށެވެ.
އޭނަ ވިދާޅުވީ މިއީ ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރުމުގެ ގޮތުން، އިގުތިސާދީ އައު ސިނާޢަތްތައް އުފެއްދުމަށް އިތުރުވި ކަމެއް ކަމަށެވެ.
އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އެއް އަހަރު ވެސް ނުފުރެނީސް އިގުތިސާދަށް ދިރުން ގެނެސްދޭނޭ މުހިންމު މަސައްކަތްތަކެއް ފެށި އޭގެ ތެރެއިން މުހިއްމު އެއް ކަމަކީ އިންޓަރނޭޝަނަލް އޯފުޝޯ ބަންކަރިން ގެ ޚިދުމަތް ކަމަށް ވަޖީހު ވިދާޅުވި އެވެ.
"މިދިޔަ ސެޕްޓެމްބަރު މަހު 19 ވަނަ ދުވަހު ފެށި މި ޚިދުމަތުގައި، ވޯޓަ ބަންކަރިން ޚިދުމަތަށް ފުރަތަމަ ބޭނުންކޮށްފައި ވަނީ، ކޮޅުވެއްޓި އެއްގައި ކަޅު ހަން ބަހައްޓައިގެން،' އޭނަ ވިދާޅުވި އެވެ. "އޭގެ ފަހުން ދެ މަސް ދުވަސް ނުވަނީސް، މިއަދު މިވަނީ ވޯޓަ ބަންކަރިންގ އަށް ތައްޔާރު ކުރި ފެން ބާޖު ޚިދުމަތަށް ނެރެވިފައި."
މިއީ 200 ޓަނުގެ ފެން ރައްކާ ކުރެވޭ ބާޖެކެވެ. މީގެ ފަހުން ވޯޓަރ ބަންކަރިންގ އަށް ބެއިނުން ކުރެވޭނީ މި ބާޖެވެ. މިބާޖުގެ ޚިދުމަތް ފުރިހަމަ ކުރުމަށްޓަކައި ލަސްތަކެއް ނުވެ، ބާޖުގައި ފެން ޕުލާންޓެއް ބަހައްޓައި، ބާޖުގައި ފެން އުފައްދައި ބެއިނުން ކުރަން ފެށޭނެއެވެ.
ވަޖީހު ފޭސްބުކްގައި ވިދާޅުވެފައި ވަނީ ވޯޓާ ބަންކަރިންގެ ޚިދުމަތް އާ ހަރުފަތަކަށް ގެންދެވިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ ސެޕްޓެމްބަރ މަހު 19 ވަނަ ދުވަހު ފެށި ބަންކަރިންގެ ޚިދުމަތުގައި، ވޯޓާ ބަންކަރިން ޚިދުމަތަށް ފުރަތަމަ ބޭނުންކޮށްފައި ވަނީ، ކޮޅުވެއްޓިއެއްގައި ކަޅު ހަން ބަހައްޓައިގެން ކަމަށެވެ. އޭގެ ފަހުން ދެމަސް ދުވަސް ނުވަނީސް، މިހާރު މި ވަނީ ވޯޓަ ބަންކަރިން އަށް ތައްޔާރު ކުރި “ފެން ބާޖު” ޚިދުމަތަށް ނެރެފައި ކަމަށް ވަޖީހު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މީގެ ފަހުން ވޯޓާ ބަންކަރިން އަށް ބޭނުން ކުރާނީ މި ބާޖު ކަމަށެވެ. އަދި މި ބާޖުގެ ޚިދުމަތް ފުރިހަމަ ކުރުމަށްޓަކައި ލަސްތަކެއް ނުވެ، ބާޖުގައި ފެން ޕްލާންޓެއް ބަހައްޓައި، ބާޖުގައި ފެން އުފައްދައި ބޭނުން ކުރަން ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.