Last Updated: November 21, 17:31
Thursday, November 21, 2024
ޚަބަރު

'ދާލަން' އެކްސްޕޯގައި 41 ސްޓޯލް

ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން މާދަމާ ހުޅުމާލޭގައި ފަށާ "ދާލަން: ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ 2024" ގައި ޖުމްލަ 41 ސްޓޯލް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެ ސްޓޯލްތަކުގައި، މިނިސްޓްރީގެ ދަށުން މަސައްކަތްކުރަމުން އަންނަ އިދާރާތަކުގެ އިތުރުން ސަރުކާރުގެ އެހެނިހެން އިދާރާތަކާއި އަމިއްލަ ވިޔާފާރިތަކުން ތަފާތު އެކި ހަރަކާތްތައް ކުރިަށް ގެންދާނެ އެވެ.

"ދާލަން" ގައި ބައިވެރިވާ އެގްޒިބިޓަރުން:

* މޯލްޑިވިސް ނޭޝަނަލް ސްކިލްސް އެންޑް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)
* ނެޝަނަލް ކެރިއަރ ސަރވިސް (އެންސީއެސް)
* ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް
* ވިލާ ކޮލެޖް
* ކްލިކް ކޮލެޖް
* ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް
* ޕަބްލިކް ސާވިސް މީޑިއާ
* ޓްރޭޑް ނެޓް މޯލްޑިވިސް ކޯޕަރޭޝަން ލިމިޓެޑް
* ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން
* އެމްޑަބްލިޔުއެސްއީ
* ސީއޭ މޯލްޑިވިސް
* ބޭންކް އޮފް މޯލްޑިވިސް
* އީއެމްޖީއެސް
* އައިލެންޑް އިންސްޓިޓިއުޓް އޮފް ޓާޝަރީ އެޑިޔުކޭޝަން
* މޯލްޑިވިއަން އެކަޑެމީ އޮފް ޑްރައިވިން
* ދިރާގު
* ވަމްކޯ
* މޯލްޑިވިސް ޕޮލިޓެކްނިކް
* ކަސަބު
* ކްލޭ ސްޓޫޑިއޯ
* މޯލްޑިވިއަން އެސޯސިއޭޝަން އޮފް ސްޕީޗް-ލެންގުއެޖް ޕެތެލޮޖީ އެންޑް އޯޑިއޮލޮޖީ (މަސްޕާ)
* ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)
* އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)
* މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީސް
* ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)
* އާނެސްޓް އެންޑް ޔަންގް
* މޯލްޑިވިސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)

އެކްސްޕޯ ކުރިއަށް ގެންދަން މާދަމާ އާއި އަންނަ ހޮނިހިރު ދުވަހު ސެންޓްރަލް ޕާކްގަ އެވެ.

"ދާލަން" ގެ ސްޕޮންސަރުންގެ ގޮތުގައި، ސީގަލް ގުރޫޕާއި ވިޔޭޖެސް މޯލްޑިވިސް ހިމެނޭ އިރު، މި އެކްސްޕޯގެ ޕާރޓްނަރުންނަކީ ދިރާގު، ޕީއެސްއެމް، ޕެންޝަން އޮފީސް، ބޭންކް އޮފް މޯލްޑިވިސް، އެޗްޑީސީ، ވެމްކޯ، ސްޓެލްކޯ އަދި ކެފޭ ޑެލިޒިއޯސޯ އެވެ.

މި އެކްސްޕޯ އަށް ފަންޑުކޮށް ދެނީ ހަޔަ އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން ވޯލްޑް ބޭންކުން ޚަރަދުކޮށްގެން ހިންގާ ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބާ ސާވިސެސް (ސެއިލްސް) ޕްރޮޖެކްޓް އަދި މޯލްޑިވިސް: އެންހޭންސިން އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް (މީރީ) ޕްރޮޖެކްޓެވެ.