Last Updated: December 3, 21:46
Tuesday, December 3, 2024
ޚަބަރު

ދަރިވަރުންތަކެއް ފަލަސްތީން ފޯރަމް ބާއްވަނީ

ދަރިވަރުންތަކެއް އިސް ނަގައިގެން ފަލަސްތީނަށް ހާއްސަކޮށްގެން ފޯރަމެއް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

މި މަހުގެ 24 ގައި ބާއްވަން ހަމަޖެހިފައިވާ މި ފޯރަމީ އިސްލާމިކް ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން ގުޅިގެން އިންތިޒާމުކޮށްގެން އެ ޔުނިވަސިޓީއާ ގުޅިގެން ބާއްވާ ފޯރަމެކެވެ.

އިސްލާމިކް މިނިސްޓްރީގެ ވެސް އެހީތެރިކަމާ އެކީ ބާއްވާ ފޯރަމްގައި ފަލަސްތީނުގެ މިހާރުގެ ހާލަތާއި އެ ތަނުގެ ތާރީހާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަތައް ދައްކާނެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީންގައި ހިންގަމުންދާ ގަތުލުއާންމާ މެދު ކަންބޮޑުވުން ފާޅުކޮށް، ފަލަސްތީނުގެ ރައްޔިތުންނާ އެކީ ދިވެހިން އަބަދުވެސް ތިބޭނެކަން ހާމަކޮށް ދިނުމުގެ ގޮތުން ފަލަސްތީނާ ގުޅޭ ފޯރަމްތަކާއި އެ ނޫން ވެސް އެކިއެކި ހަރަކާތްތައް ރާއްޖޭގައި މިހާތަނަށް އެކި ފެންވަރުގައި ބާއްވާފައިވެ އެވެ.