Last Updated: November 24, 05:46
Sunday, November 24, 2024
މުނިފޫހިފިލުވުން

'ޕުޝްޕާ 2' ގެ ޓްރެއިލާގައި ރަހަތައް ހެޔޮވަރު

އިންޑިއާގެ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމު ކަމަށްވާ "ޕުޝްޕާ 2" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 5 ގަ އެވެ. "ޕުޝްޕާ: ދަ ރޫލް" އަކީ މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުންއާ އެކީ 2021 ގައި ގެނެސްދިން "ޕުޝްޕާ" ދެވަނަ ބައެވެ. އެ ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން ފިލްމުގެ އިތުރު ދެ ބައެއް ގެނެސްދޭން އޮތީ ނިންމައިފަ އެވެ.

އެގޮތުން މިއީ މި އަހަރުގެ ތެރޭގައި އިންޑިއާގެ ސިނަމާތަކަށް އަންނާނެ އެންމެ ކާމިޔާބު އެއް ފިލްމަށް ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އިންޑިއާގެ ފިލްމީ ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި "ޕުޝްޕާ 2" ގެ ޓްރެއިލާ ބަލައިލުމުން މިއީ ބެލުންތެރިން ފިލްމެއްގެ ޖާދޫގައި ޖެހޭނެ ހުރިހާ ރަހަތަކެއް ހެޔޮވަރު ފިލްމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

އެހެންވެ މި ފިލްމަކީ ފުރަތަމަ ބަޔަށް ވުރެ މާ ބޮޑަށް ވެސް ކާމިޔާބުވާނެ ފިލްމަކަށް ވާނެ ކަމަށް ބުނެފައިވެ އެވެ.

"ޕުޝްޕާ 2" ވެސް ލިޔެ، ޑައިރެކްޓްކުރީ ފުރަތަމަ ބައި ވެސް ގެނެސްދިން ސުކްމާރެވެ. އަދި ކުރީގެ ބައިގެ މުހިއްމު ކާސްޓުންތަކެއްގެ އިތުރުން އާ ކާސްޓުންތަކެއް ވެސް ފިލްމު ފެންނާނެ އެވެ. "ޕުޝްޕާ 2" ގެ ބަތަލާ އަކީ މި ފަހަރު ރަޝްމިކާ މަންދަނާ އެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ "ޕުޝްޕާ" ގެ ފުރަތަމަ ބައިގައި ދެއްކި އެކްޓިން އަށް އައްލޫ އަށް ނެޝަނަލް އެވޯޑް ވެސް ލިބިފައިވާކަމެވެ. މީގެ އިތުރުން އެ ފިލްމުގެ މިއުޒިކަށް ވެސް ނެޝަނަލް އެވޯޑް ލިބުނެވެ.

އެހެންވެ "ޕުޝްޕާ 2" އަކީ ބެލުންތެރިންގެ އުންމީދުތައް އެ ފިލްމަކާ ދޭތެރޭ ވަރަށް މަތި ފިލްމެކެވެ. މިއީ ތެލެގޫ ފިލްމަކަށް ވިޔަސް، ފިލްމު ސިނަމާތަކަށް ގެންނަނީ ޕޭން-އިންޑިއާ ފިލްމެއްގެ ގޮތުގަ އެވެ. މާނަ އަކީ އިންޑިއާގައި ވާހަކަ ދައްކައި އުޅޭ މައިގަނޑު ހުރިހާ ބަހަކުން ފިލްމު ޑަބްކޮށްގެން ގެނެސްދޭނެ އެވެ.