Last Updated: April 9, 09:48
Wednesday, April 9, 2025
ޚަބަރު

ކާރިސީ ހިރާސް މަހާސިންތާ އައްޑޫގައި ފަށައިފި

ކާރިސީ ހިރާސް ކުޑަކުރުމަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ މަހާސިންތާ އައްޑޫގައި ފަށައިފި އެވެ.

ސްޓެރެންތެނިން ޕްރިޕްއާޑްނެސް އެންޑް ރެސިލިއަންސް ތުރޫ އިންކްލޫސިވް ކޮމިއުނިޓީ ގަވަނަންސް (ސްޕިރިންގް) ދަށުން ހިންގަމުން އަންނަ މި ހަރަކާތަކީ ދިވެހި ރެޑް ކްރެސެންޓުން ނެޝަނަލް ޑިޒާސްޓަ މެނޭޖެމެންޓް އޮތޯރިޓީ (އެންޑީއޭއެމް) އާއި އަދި އޭޝިއަން ޑިޒާސްޓަރ ޕްރިޕެއާޑްނެސް ސެންޓަރ (އޭޑީސީ) އާއި ގުޅިގެން ހިންގާ ހަރަކާތެކެވެ.

މި ޕްރޮޖެކްޓަކީ ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) ގެ ބިއުރޯ އޮފް ހިއުމަނިޓޭރިއަން އެސިސްޓެންސް (ބީއެޗްއޭ) ގެ އެހީތެރިކަމާއެކު ހިންގާ ޕްރޮޖެކްޓެއް ކަމަށް މި ހަރަކާތް ކަމަށް އެންޑީއޭއެމް އިން ބުންޏެވެ.

ދެކުނުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި ދިވެހި ރެޑް ކްރެސެންޓާއި އެންޑިއެމްއޭ އާއި އެމްއެންޑީއެފާއި ފުލުހުންނާއި ގައުމީ ކެޑޭޓް ކޯޕްސް އިން މަހާސިންތާގައި ބައިވެރިވެއެވެ.

މިއަދު ގަމުގެ ބްލޫ ލެގޫން ހޯލްގައި ފެށި މި މަހާސިންތާގެ ތެރޭގައި މޫސުމީ ކާރިސާގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް މުޖުތަމައު ހޭލުންތެރިކުރެވިގެން ދާނެ އެވެ.