Last Updated: January 29, 00:44
Tuesday, January 28, 2025
ޚަބަރު

ބީއެމްއެލްގެ ކުނި މެނޭޖްމެންޓް އެހީ 2 ޖަމިއްޔާއަކަށް

ކުނި މެނޭޖުކުރުމުގައި އެހީތެރިވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގަން ނިންމާފައިވާ ހިލޭ އެހީގެ ޕްރޮގުރާމަށް ހޮވުނު ޖަމްއިއްޔާތައް އިއުލާނުކޮށްފި އެވެ.

ގައުމީ ބޭންކުން ހިންގާ "ވޭސްޓް މެނޭޖްމެންޓް ގްރާންޓް ޕްރޮޖެކްޓް" އަށް ހޮވުނ ދެ ޖަމިއްޔާއެކެވެ.

* ލިވް އެންޑް ލާން އެންވަޔަރަމެންޓަލް އެޑިއުކޭޝަން މޯލްޑިވްސް

މި ޖަމްއިއްޔާ އިން ހިންގަން ނިންމާފައިވާ މަޝްރޫއު ހިންގުމަށް ބީއެމްއެލްއިން ތިން ގްލާސް ކްރަޝާ މެޝިން ފޯރުކޮށް ދޭނެ އެވެ. އެ ޖަމްއިއްޔާގެ މަޝްރޫއު ހިންގާނީ ކ.ގާފަރާއި، އއ. އުކުޅަަހާއި، އދ.ދިގުރަށުގަ އެވެ.

* މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް

ހުޅުމާލޭގައި ހިންގަން ނިންމާފައިވާ މި މަޝްރޫއުގައި ބޭނުން ކުރުމަށް އެއް ގްލާސް ކްރަޝާ މެޝިނާއި އެއް ބޭލާ ފޯރުކޮށް ނިންމާފައިވެ އެވެ.

ބީއެމްއެލް އުން ބުނެފައިވާ ގޮތުގައި "ވޭސްޓް މެނޭޖްމެންޓް ގްރާންޓް ޕްރޮޖެކްޓް" ގެމަގުސަދަކީ ދެމެހެއްޓެނެވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ އާދަތައް ކުރިއެރުވުމެވެ. ކަމަށް އެ ބޭންކުން ބުނެ އެވެ. އެގޮތުން ކުނިގޮނޑުތަކަށް އުކައިލެވޭ ކުނީގެ މިންވަރު މަދުކޮށް ކުނި ނައްތައިލުމުގެ ހަރަދު ކުޑަކުރެވި ހަރުދަނާ ގޮތެއްގައި ރީސައިކަލް ކުރުމުގެ މަސައްކަތް ކުރިއެރުވޭނެ އެވެ.

ބޭންކުން ބުނީ މިއީ ދެމެހެއްޓެނެވި ތަރައްގީ އާއި ތިމާވެށި ރައްކާތެރކުރުން ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހިންގާ މަޝްރޫއެއް ކަމަށެވެ.