Last Updated: December 22, 12:05
Sunday, December 22, 2024
ޚަބަރު

އީއެލްސީގެ އިންޓަނެޝަނަލް ސްކޫލް ހުޅުވައިފި

އެވްރީވަންސް ލާާނިން ސެންޓަރު (އީއެލްސީ) އިން ސ. ހިތަދޫގައި ހުޅުވަން ނިންމި ހުޅުވާ "އެވްރީވަންސް އިންޓަނެޝަނަލް ސްކޫލް" މިއަދު ހުޅުވައިފި އެވެ.

އެ ސްކޫލްގައި މިއަދު ހެނދުނު ބޭއްްވި ރަސްމިއްޔާތެއްގައި ސްކޫލް ހުޅުވައި ދެއްވީ އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމެވެ.

ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަދީމް ވިދާޅުވީ އީއެލްސީން ކުރަމުން ދަނީ ވަރަށް ފުރިހަމަ މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތް ވަރަށް ގާތުން ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަދީމް އަދި ވިދާޅުވީ އީއެލްސީން ހުޅުވި އިންޓަނޭޝަނަލް ސްކޫލަކީ ކާާމިޔާާބު ސްކޫލަކަށް ވާާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.

އަލަށް ފަށައި ގަންނަ އިރު ކުދިކުދި މައްސަލަތައް ހުރި ކަމަށް ވިޔަސް ކެތްތެރިކަމާއެކީ އެންމެން އެކީގައި ގުޅިގެން މަސައްކަތް ކުރުމުން ލަަނޑުދަނޑި ހާސިލް ކުރެވޭނެ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އާޝްރާން ވިދާޅުވި އެވެ. އަދި އެކަމަށް ސްކޫލްގެ ހުރިހާ މުވައްޒަފުންނާއި ބެލެނިވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ދެއްވުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

އީއެލްސީ ހިންގާ އިމާރާތުގައި މިއަދު ވަނީ 4 ދިދައެއް ވެސް ނަގައިފަ އެވެ. އެއީ އެވްރީވަންސް އިންޓަރނޭޝަނަލް ސްކޫލްގެ ދިދަ އާއި އެވްރީވަންސް ލާނިންގް ސެންޓަރުގެ ދިދައިގެ އިތުރުން އެވްރީވަންސް އެސޯސިއޭޝަންގެ ދިދައާ އި ގައުމީ ދިދަ އެވެ.

ޕްރީ ސްކޫލްގެ ކްލާސްތަކާ އެކު އަލަށް ހުޅުވުނު ހުޅުވުނު މި ސްކޫލްގައި މި އަހަރު ކިޔަވައި ދެނީ ނާސަރީ، އެލްކޭޖީ އަދި ޔޫކޭޖީ ގްރޭޑްތަކަށް ކަމަށް އެ ސްކޫލުން ބުންޏެވެ. އަދި ސްކޫލް ހުޅުވުނު އިރު ރަޖިސްޓްރީގައި ތިބީ 15 ދަރިވަރުންނެވެ. އެއީ ނާސަރީގެ ފަސް ދަރިވަރުންނާއި އެލްކޭޖީގައި ހަ ދަރިވަރުންނެވެ.

އިންޓަނެޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް އަދި އީއެލްސީގެ އައްޑޫ ގޮފީގެ މެނޭޖަރު އަލީ ވަހީދު ވިދާޅުވީ ސްކޫލްގެ އުއްމީދަކީ އިންޓަނޭޝަނަލް އެހެން ސްކޫލްތަކެކޭ އެއް ފެންވަރެއްގައި ކިޔަވައި ދިނުން ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު އިންޓަނޭޝަނަލް ސްކޫލްގައި ގްރޭޑް 1 އުފައްދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިންޓަނެޝަނަލް ސްކޫލެއްގައި ހުންނާނެ ހުރިހާ ވަސީލަތްތަކާ އެކު މިއަދު ހުޅުވި ސްކޫލްގެ އާ އިމާރާތް ފެބްރުއަރީ މަހު ނިންމާލެވޭނެ ކަމަށް އީއެލްސީން ބުންޏެވެ. މި ސްކޫލުން މަހު ފީއެއްގެ ގޮތުގައި ނަގަނީ 1،250ރ. އެވެ.