Last Updated: December 4, 11:59
Wednesday, December 4, 2024
ޚަބަރު

'ފަތުވާ މަހާސިންތާ' ފަށައިފި

ރާއްޖޭގައި އަލަށް ބާއްވާ "ފަތުވާ މަހާސިންތާ" މިއަދު ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބާއްވާ މި މަހާސިންތާ ކުރިއަށް ދަނީ އިސްލާމީ މަރުކަޒުގަ އެވެ.

މިއީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، އިސްލާމިކް މިނިސްޓްރީ ގުޅިގެން އިލްމުވެރިންނާއި އިމާމުންނަށް އަމާޒުކޮށްގެން ބާއްވާ މަހާސިންތާއެކެވެ.

މަހާސިންތާގެ މައުޟޫއަކީ "މުޖުތަމަޢު އިސްލާޙު ކުރުމުގައި ފަތުވާގެ ދައުރު" އެވެ.

މި މަހާސިންތާގެ މަގުސަދަކީ ދިވެހިރާއްޖޭގައި ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާއި އިސްލާމް ދީނުގެ މަތިވެރިވި ދަންމަރު ފެތުރުމަށް މަސައްކަތް ކުރައްވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ހޯދައި ދިނުމެވެ. އަދި ރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވާ މައްސަލަތައް ދެނެގަތުމާއި، މުޖުތަމަޢުގެ މަސްލަޙަތު ހިމެނޭ ދީނުގެ އެކިއެކި މައްސަލަތަކުގައި ޚިޔާލު ހޯދައި މަޝްވަރާކުރުމާއި، އެ ކަންކަމުގައި ގުޅުން ހުރި ފަރާތްތައް އެކުގައި މަސައްކަތްކޮށް މުޖުތަމަޢު އިޞްލާޙު ކުރުމުގައި ރޭވުންތެރިކަމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތްތައް ދެނެގަތުމަކީ ވެސް މަހާސިންގާގެ މަގުސަދެކެވެ.

މި މަހާސިންތާ ކުރިއަށް ގެންދަނީ ޕެނަލް ޑިސްކަޝަންތަކެއް ހިމެނޭ ގޮތަށެވެ. ޕެނަލް ޑިސްކަޝަންތަކުގައި ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.