Last Updated: May 3, 11:40
Saturday, May 3, 2025
ޚަބަރު

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް 28 ގައި

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް ބާއްވަން ތައްޔާރުވާން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކުރާ މި ކޮންފަރެންސް އޮންނާނީ މި މަހުގެ 28 ގައި އިސްލާމީ މަރުކަޒުގަ އެވެ.

ކޮންފަރެންސްގައި ޒަކާތުގެ ދާއިރާގެ ތަޖުރިބާކާރު ބޭރުގެ އެކި ފަރާތްތަކުން ބައިވެރިވާނެ އެވެ.

އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސެއް ބާއްވަން މިނިސްޓްރީން ނިންމި އިރު، ރާއްޖޭގެ ޒަކާތުގެ ދާއިރާ ހަރުދަނާ ކުރަން މި ސަރުކާރުން މޯލްޑިވްސް ޒަކާތުގެ ހައުސްގެ ނަމުގައި އިދާރާއެއް އުފައްދައި، އެ ދާއިރާ ކުރިއެރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޒަކާތު ހައުސް އިން ބުނީ އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސްގައި ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމާއި، ޒަކާތުގެ މަންފާ އޭގެ ޙައްޤުވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީ އަށް ފަހިވާނެހެން ޒަކާތު ފަންޑު ތަރައްޤީ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ