Last Updated: April 18, 20:01
Friday, April 18, 2025
ޚަބަރު

ދެ ބޭހަކުން ނުރައްކާތެރި ކެމިކަލްތަކެއް ފެނިއްޖެ

ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހަކުން ނުރައްކާތެރި ދެ ކެމިކަލެއް ފެނިފައިވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނުރައްކާތެރި ކެމިކަލެއް ކަމަށްވާ ޑައިއީތަލިން ގްލައިކޯލް އަދި އީތައިލިން ގްލައިކޯލް ފެނިފައިވަނީ ޕާކިސްތާނުން އުފައްދައި މެފްނެކްސަސްޕެންޝަންގެ 50 މިލިގްރާމް (މެފެނަމިކް އެސިޑް) އަދި މެލޭޝިއާގައި އުފައްދާ އެކްސެލް މެފެނެމިކް އެސިޑް ސަސްޕެންޝަން 125 މިލިގްރާމް (މެފެނެމިކް އެސިޑް) އިން ކަމަށެވެ.

މި ވަގުތު މި ދެ ބޭހުގެ ކޮންފަމޭޓްރީ ޓެސްޓު ހެދުމަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް އެމްއެފްޑީއޭ އިން ދަނީ ކުރަމުންނެވެ. އެހެން ކަމުން އެމްއެފްޑީއޭ އިން ވަކި އެއްޗެއް އަންގަން ދެން އެ ދެ ބޭހުގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުންކުރުން ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ.

ބޭސްފިހާރަތަކުގައި ހުރި މި ބޭހުގެ ސްޓޮކްތައް ވެސް ވަކިކޮށްފައި ބެހެއްޓުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.