މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުންނާއި ޚަޠީބުން ތާޒާކުރުމަށް ފަށާފައިވާ ޤައުމީ މަޝްރޫޢުގެ ދަށުން އިތުރު 8 އަތޮޅެއްގެ އިމާމުންނަށް ކުރިއަށް ގެންދާ ތަމްރީން ޕްރޮގުރާމެއް ފަށައިފި އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށް ގެންދަން އަންގާރަ އޮންލައިންކޮށް ފެށި ތަމްރީން ޕްރޮގުރާމް ކުރިއަށް ގެންދަނީ ހއ، ހދ، ށ، ބ، ޅ، ކ، އއ، އަދި އދ. އަތޮޅުގެ އިމާމުންނާއި ޚަޠީބުންނަށެވެ.
މި ޕްރޮގުރާމުގައި މި އެ އަށް އަތޮޅުން 343 އިމާމުން ބައިވެރިވެ އެވެ.
ޕްރޮގުރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، އިމާމުން ތާޒާކުރުމާއި، އިމާމުންނަށް އިތުރު ތަމްރީންތައް ދިނުމަކީ މިނިސްޓްރީން ވަރަށް އިސްކަމެއް ދޭ ކަމެއްކަމަށާއި މި ސަރުކާރުން ފުރަތަމަ އަހަރުގެ ތެރޭގައި އިމާމުންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށް ދެވިފައިވާ ކަމަށެވެ. މީގެ އިތުރުން މިފަދަ ތަމްރީން ޕްރޮގުރާމުން ލިބިލައްވާ މަޢުލޫމާތުތަކުގެ ބޭނުން ހިއްޕެވުމަށް ޝަހީމް ނަޞޭހަތްތެރިވެވަޑައިގެންނެވި އެވެެ.
މި އަހަރުގެ މިހާތަނަށް 11 އަތޮޅެއްގެ އިމާމުންނަށް ތަމްރީން ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވާ އިރު، އަލަށް ފެށި ޕްރޮގުރާމާ އެކީ 739 އިމާމުންނާއި ޚަޠީބުން ތަމްރީންކުރެވިފައިވެ އެވެ.
ހިޔާލު ފާޅުކުރައްވާ