Last Updated: April 10, 10:54
Thursday, April 10, 2025
ޚަބަރު

އީސީގެ މެމްބަރު ކަމަށް ހުޅުވާލައިފި

އިލެކްޝަން ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އީސީ އަށް ދެ މެންބަރަކު ބޭނުންވެ އެވެ. ދެ މެންބަރެއްގެ ކުރެވުނު ތުހުމަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ ދެ މެންބަރަކު ވަކިކުރަން ހޯމަ ދުވަހު ފާސްކޮށްފަ އެވެ. އެއީ ނައިބުގެ ރައީސްގެ މަގާމުގައު ހުންނެވި އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވައިލީ އަންނަ މަހުގެ 5 އާ ހަމައަށެވެ.

އީސީގެ ރައީސްގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ ދެ ދައުރު ފުރިހަމަ ކުރައްވައި މި މަހުގެ 23 ގައި ވަކިވުމާ ގުޅިގެން އޭނަަގެ ބަދަލުގައި މެންބަރު ކަމަށް އަބްދުލް ހަސީބް އިސްމާއީލް ވަނީ އައްޔަންކޮށްފަ އެވެ.