Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ޒަކާތު ކޮންފަރެންސް ފަށައިފި

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ "އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް" މިއަދު ފަށައިފި އެވެ.

ކޮންފެރެންސް ކުރިއަށް ދަނީ އިސްލާމީ މަރުކަރުގަ އެވެ.

މި ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ޒަކާތުގެ އިލްމާ ގުޅޭ ބޭފުޅުން ބައިވެރިވަޑައިގަނެ އެވެ. ޒަކާތު ކޮންފަރެންސްގައި ޒަކާތާ ގުޅޭ ގޮތުން ތަފާތު އެކި މައުޟޫތަކަށް ޕެނެޝަލް ޑިސްކަޝަންތަކަށް ކުރިއަށް ގެންދާނެ އެވެ.

ރާއްޖޭގައި އަލަަށް ބާއވްާ ޒަކާތު ކޮންފަރެންސަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި އުޅޭ މީހުންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރީން ގުޅިގެން، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤުތިޞާދީ ހަމަޖެހުމަ ޓަކައި މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކޮށް، ހަރުދަނާކަން އިތުރުކުރެވޭނެ އިސްތިރާޖުތައް ދެނެގަތުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިޞާދީ މައިދާނަށް ފެތޭ ގޮތަށް، އަވަސް އަދި ފަސޭހަ ގޮތަކަށް ޚިދުމަތްދެވޭ ޒަކާތުގެ އޮނިގަނޑެއް ޤާއިމުކޮށް، މި ނިޒާމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކޮށް ދިނުމެވެ.

ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގުން ހަރުދަނާކޮށް، ޒަކާތުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޒަކާތު ހައުސްގެ ނަމުގައި ވަކި އިދާރާއެއް ވެސް މިހާރު ވަނީ އުފައްދަވައިފަ އެވެ. އެގޮތުން މޯލްޑިވްސް ޒަކާތު ހައުސް އިފުތިތާހުކުރީ މި އަހަރުގެ ޖެނުއަރީ 2 ގަ އެވެ.

ޒަކާތު ހައުސް އުފެއްދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އަހަރުގެ 15 ގަ އެވެ.