ކަރަންޓްގެ ހިދުމަތަށް ވ. ރަކީދޫގައި އިޔާދަކުރަނިވި ހަކަތަ އަށް ބަރޯސާވާން ފަށައިފި އެވެ.
އެ ރަށުގައި އިރުގެ އަލިން ކަރަންޓް އުފައްދާ ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ނިޒާމެއް ގާއިމުކޮށް ކަރަންޓް އުދައްދައި ބޭނުން ކުރަން ފެށުމާ ގުޅިގެން މިހާރު، ރަށަށް ކުރިން ރަށަށް ކަރަންޓް ދޭން ބޭނުންކުރަމުން އައި ޖަނަރޭޓްތައް ޖައްސަން ޖެހެނީ އެންމެ ދެ ގަޑިއިރަށެވެ.
ރަކީދޫގައި ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ސިސްޓަމް ގާއިމުކުރީ ސްޓެލްކޯއިންނެވެ.
މިކަމާ ގުޅޭ ގޮތުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނިޒާމް ވިދާޅުވީ ރަކީދޫގައި ހަރުކޮށްފައިވާ ސޯލާއަށް ރަށަށް އެކަށީގެންވާ މިންވަރަށް ވުރެ ވެސް އިތުރަށް ކަރަންޓު ފޯރުކޮށް އުފައްދާ ކަމަށެވެ. އޭނަ ވިދާޅުވީ ވިދާޅުވި ގޮތުގައި މިހާރު އެ ރަށަށް ކަރަންޓުގެ ޚިދުމަތް ދެނީ ސޯލާ އާއި ބެޓަރިންނެވެ. އެގޮތުން އަވިދީފައި އޮންނަ ހުރިހާ ގަޑިތަކެއްގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭނީ ސޯލާއިން ކަމަށާއި އެއަށްފަހު ރޭގަނޑު ބެޓަރިން ކަރަންޓް ފޯރުކޮށް ދެމުން އަންނަ ކަމަށް ނިޒާމް ވިދާޅުވިއެވެ.
"މި މުޅި ސިސްޓަމަކީ އޮޓަމެޓިކް ސިސްޓަމެއް. ސިސްޓަމް ހިނގަމުންދާ ގޮތް މުވައްޒަފުން ބަލަމުން ދާނެ،" އޭނަ ވިދާޅުވި އެވެ. "އަމާޒަކީ ކުރިއަށް އޮތް ދެ ހަފްތާގައި އިންޖީނު ނުހިންގާ ސޯލާއިން އެއްކޮށް ކަރަންޓުގެ ހިދުމަތް ރަށަށް ފޯރުކޮށް ދިނުން."
ސްޓެލްކޯ އިން ރަކީދދޫގެ އެކި ސަރަހައްދުގައި 30 ކިލޯވޮޓް ސޯލާ ޖަހާފައިވެ އެވެ. ސްޓެލްކޯ އިން 12 ގެއެއްގެ ފުރާޅުގައި ސޯލާ ހަރުކޮށްފައިވާ އިރު، ސޯލާ ހަރުކުރުމަށް އިތުރު ދެ ގެއަކުން ވެސް އެދިފައިވާ ކަމަށެވެ
ނިޒާމް ވިދާޅުވީ ސޯލާ އާއި ބެޓަރި މެދުވެރިކޮށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ އިރު ޖެނަރޭޓަރު ހިންގާނީ ސޯލާ އާއި ބެޓަރީގެ ލޯޑް ނުހިފަހައްޓާ ހާލަރްތަކުގައި އެކަނި ކަމަށެވެ. އަދި ކުރިއަތް ދުވަސްތަކުގައި ބެޓަރި އިތުރުކޮށްގެން ސޯލާއިން އުފައްދާ ހަކަތަ ރައްކާ ކުރެވޭނެ ސްޓެލްކޯ އިން ބުންޏެވެ. ކަމަށެވެ.
ރަކީދޫގައި އެންމެ ފުރަތަމަ ސޯލާ ހައިބްރިޑް ސިސްޓަމެއް ގާއިމުކުރީ 2016 ގަ އެވެ. ނަމަވެސް އޭޑީބީގެ އެހީގައި ފެށި އެ ސިސްޓަމް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.