Last Updated: December 26, 22:36
Thursday, December 26, 2024
ޚަބަރު

ސްޓެލްކޯގެ ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފު ކުރަނީ

މާލޭ މަގުތަކުގައި ހުރި ޑިސްޓްރިއުބިއުޝަން ފޮށިތައް ސާފު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ފަށައިފި އެވެ.

އެ ކުންފުނިން ބުނީ "ޗާލު ވެށި: މަގޭ ޒިންމާ" ޙަރަކާތް ފެށީ މިއަދު ކަމަށެވެ. އަދި މިއީ ކުންފުނީގެ ސަބް-ސްޓޭޝަންތަކާއި މަގުމަތީގައި ހުރި ޑިސްޓްރިބިއުޝަން ފޮށިތަކުގައި ތަތްކޮށްފައިވާ އިޝްތިހާރު ފަދަ ތަކެތި ނައްޓައި، އެ ފޮށިތައް ސާފުކުރުމަށް ކުންފުނީގެ މުވައްޒަފުން ހިންގާ ހަރަކާތެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މި ހަރަކާތް ފައްޓަވައިދެއްވީ، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމާއި މާލޭގެ މޭޔަރު އާދަމް ޢާޒިމްގެ އިތުރުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ އެވެ.

ފަހުމީ ވިދާޅުވީ، މިއީ މިއަދު ފަށާފައި ހުއްޓާލާނެ ޕްރޮގްރާމެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ސްޓެލްކޯގެ މުއައްޒަފުން މިކަން ކުރިއަށް ގެންދާނެ ކަމަށެވެ.