Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

އައްޑޫގެ އިމާމުން ތާޒާ ކުރަން ފަށައިފި

އައްޑޫގެ މުދިމުންނާއި އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލްގައި އިއްޔެ ފެށި މި ޕްރޮގްރާމްގައި އައްޑޫގެ ހުރިހާ އަވަށަކުން ޖުމްލަ 68 އިމާމުން ބައިވެރިވެ އެވެ.

އިސްލާމިކް މިނިސްޓްރީ ބުނީ އިމާމުން ތާޒާ ކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން އައްޑޫގައި ފެށި ފެށި ޕްރޮގްރާމެއް ކަމަށެވެ. އަދި މި އަހަރު ނިމޭ އިރު މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ހުރިހާ އިމާމުން ތާޒާކޮށް ތަމްރީނުކޮށް ނިމޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިދިޔަ މަހުގެ 25-28 އަށް އަތޮޅެއްގައި ވެސް މި ޕްރޮގްރާމް ވަނީ ހިންގައިގަ އެވެ. އެއީ ހއ، ހދ، ށ، ބ، ޅ، ކ، އއ، އދ އަތޮޅެވެ. އެ ޕްރޮގުރާމުގައި 343 އިމާމުން ބައިވެރިވެވި އެވެ.