Last Updated: April 22, 13:59
Tuesday, April 22, 2025
ޚަބަރު

'ރަހަވަރު' ކެއްކުމުގެ މުބާރާތަށް މުއްދަތު އިތުރުކޮށްފި

މި މަހު ފާހަގަކުރާ މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ފިޝަރީޒް މިނިސްޓްރީން ބާއްވަން ހަމަޖެހިފައިވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވާން ދިން މުއްދަތު އިތުރުކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ކުރިން މިއަދާ ހަމައަށް ދިން މުއްދަތު މި މަހުގެ 3 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައި ބާއްވާ ކެއްކުމުގެ މުބާރާތް ބާއްވަނީ "ރަހަވަރު 2024" ގެ ނަމުގަ އެވެ. މި މުބާރާތުގެ ގަދަ ތިނެކަށް ފައިސާގެ އިނާމު ވެސް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން އެއްވަނަ އަށް 10،000ރ. ދެވަނަ އަށް 7،000ރ. އަދި ތިން ވަނަ އަށް 5،000ރ. ވަނީ ހުށަހަޅައިފަ އެވެ.

ކެއްކުމުގެ މުބާރާތް އޮންނާނީ މި މަހުގެ 7 ގަ އެވެ. މި މުބާރާތް ބާއްވަނީ ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އާ ގުޅިގެންނެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ "ރަހަވަރު" ގެ މުބާރާތުގެ އަމާޒަކީ ޒުވާނުންނާއި ކެއްކުމުގެ ދާއިރާ އަށް އަލަށް ނުކުންނަ ފަރާތްތައްކަށް އެ ދާއިރާ އިން ފުރުސަތު ފަހިކޮށް، މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި އެފަރާތްތައް ބައިވެރިކުރުން ކަމަށެވެ.

މަސްވެރިންގެ ދުވަހަކީ ޑިސެމްބަރު 10 އެވެ.