Last Updated: December 28, 15:47
Saturday, December 28, 2024
ޚަބަރު

މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ، ގުލާބީ މަގުގައި ހުރި ގެއެއްގެ ތެރޭގައި މީހަކު ހަބަރުހުސްވެފައި އޮތް ކަމުގެ ރިޕޯޓް ލިބިގެން ފުލުހުން އެތަނަށްގޮސް އެ މީހާ އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް މީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ ނިޔާވެފައި އޮށްވާ ފެނިފައިވަނީ، މއ. ހުދު އަކިރި، 53 އަހަރުގެ، އަބްދުﷲ ހަސަން ކަމަށެވެ. މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މިމައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.