Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

6 ވަނަ ޚާފިޒަކަށް އުމްރާ ދަތުރެއް

ކީރިތި ޤުރުއާން ހިތުދަސްކުރާ ޚާފިޒުންނަށް އުމްރާ ދަތުރު ދޭން ފެށި ޕްރޮގްރާމްގެ ތެރެއިން ހަ ވަނަ ޚާފިޒަކަށް އުމްރާ ދަތުރެއް ދީފި އެވެ.

މި ފަހަރު އެ ފުރުސަތު ލިބުނީ އަލްޙާފިޡާ ޔުމްނާ ޢަބްދުލް ޢަޒީޒަށެވެ. އޭނަ އަށް އެކަމުގެ ލިޔުން ހަވާލުކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މިހާތަނަށް ފުރުސަތު ލިބުނު މީހުންގެ ތެރޭގައި އަލްޙާފިޡް އަލީ ރައީފާއި އަލްޙާފިޡް އާސިރު އާރިފް ޔޫސުފާއި އަލްޙާފިޡް އަޛިން މުޙައްމަދާއި އަލްޙާފިޡާ ސަޚިއްޔާ އަބްދުލްޢަނީގެ އިތުރުން އަލްޙާފިޡާ ޝަބީނާ އާދަމް އަށެވެެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޙާފިޡުންނަށް ޢުމްރާ ދަތުރު ދެމުން އަންދަނީ ދީލަތި ފަރާތްތަކުންނާއި އެކި ޢުމްރާ ގުރޫޕުގެތަކުގެ ފަރާތުން ލިބޭ އެހީތެރިކަމުގައި ކަމަށެވެ.

ޤުރުއާން ހިތުދަސް ކުރާ ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް ފެއްޓެވުމަށް ހަމަޖެހިފައިވާކަން ޝަހީމް އިޢުލާނުކުރެއްވީ މި އަހަރު ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގަ އެވެ.