Last Updated: December 26, 22:36
Thursday, December 26, 2024
ޚަބަރު

ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑް އިފުތިތާހުކޮށްފި

އިންވެސްޓްކުރުމުގެ ފުރުސަތާ އެކީ ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑު އިފުތިތާހުކޮށްފި އެވެ.

އިއްޔެ އެ ފަންޑު އިފްތިތާހުކޮށް ދެއްވީ އިކޮނޮމިކް ޑިވޮލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެ ފަންޑަކީ ރާއްޖޭގެ ކެޕިޓަލް މާކެޓްތައް ރެގިއުލޭޓް ކުރާ ބޮޑީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ލައިސަންސް ދީފައިވާ ފަންޑެކެވެ.

އެ ފަންޑަށް ލައިސަންސް ދޫކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

ފަސްޓް ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވެފައި ވަނީ އެ ފަންޑުގެ ސަބަބުން ރިއަލް އެސްޓޭޓާއި ހޮސްޕިޓާލިޓީ ދާއިރާއަށް ފަންޑް ކުރުމުގެ ފުރުސަތު އިންވެސްޓަރުންނަށް ލިބިގެން ދާނެ ކަމަށެވެ. މި ފަންޑަކީ އެކި ފަންތީގެ އިންވެސްޓަރުންނަށް ސަބްސްކްރައިބް ކުރެވޭނެ ފަންޑެއް ކަމަށާއި އެންމެ މަދުވެގެން 10،000ރ. ރުފިޔާއިން އިންވެސްޓް ކުރުމުގެ ފުރުސަތު އަމިއްލަ ފަރުދުންނަށް ވެސް އޮންނާނެ އެވެ.

ފަންޑާ ގުޅޭ މައުލޫމާތު އޭގެ ވެބްސައިޓްގައި ހިމެނެ އެވެ.