ޑެންގީ ބައްޔާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުން އައްޑޫ ސިޓީ ކައުންސިލާއި ހިތަދޫ ޕަބްލިކް ހެލްތު ޔުނިޓް ގުޅިގެން ހިތަދޫގެ އެކި ސަރަހައްދުތަކަށް ފޮގް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މިއަދު ހެނދުނު ހިތަދު އަށް ފޮގް ކުރަން ފެށި އިރު، މީގެ ކުރިން ހިތަދޫގެ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ވެސް ހިތަދޫގެ ބައެއް ހިސާބުތަކަށް ފޮގް ކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.
އައްޑޫ ސިޓީ ކައުންސިލާއި ޕަބްލިކް ހެލްތުގެ ފަރާތުން ޑެންގީ ބައްޔާއި ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު މީގެ ކުރިން ނުރުހުން ފާޅުކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި ކުރިއަށް އޮތްތަނުގައި އައްޑޫގެ ހުރިހާ އަވަށްތަކަށް ވެސް ޤަވާއިދުން ފޮގް ކުރުމުގެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށެވެ.