Last Updated: April 6, 21:36
Monday, April 7, 2025
ޚަބަރު

އެކައުންޓިން ދާއިރާގެ ފޯރަމް މި މަހު

އެކައުންޓިން ދާއިރާގެ ފޯރަމް އަންނަ ހަފުތާގެ ތެރޭގައި ބާއްވަން ނިންމައިފި އެވެ.

"އައިއެފްއާރްއެސް އެންޑް އައިއެސްއޭ ފޯރަމް" ގެ ނަމުގައި ބާއްވާ ފޯރަން އޮންނާނީ މި މަހުގެ އާއި 15 ގައި ކަމަށް އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ) އިން ބުންޏެވެ.

މިއި އިންޓަނޭޝަނަލް ފައިނެންޝިއަލް ރިޕޯޓިން ސްޓޭންޑަޑްސް އާއި އިންޓަނޭޝަނަލް ސްޓޭންޑަޑްސް އޮން އޮޑިޓިންއާގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރެވޭނެ ފޯރަމެކެވެ. އަދި ބޭރު ޤައުމުތަކުގެ އެކައުންޓިންގެ ދާއިރާގެ ތަޖުރިބާކާރުން ފޯރަމްގައި މަޢުލޫމާތުދީ ތަމްރީން ސެޝަންތައް ނަގައިދޭނެ އެވެ.

ފޯރަމް ބާއްވަން ހަމަޖެހިފައި ވަނީ ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު ބިލްޑިންގްގަ އެވެ. މި ފޯރަމަށް 300 އެއްހާ މީހުން ރެޖިސްޓްރީވެފަ އެވެ.

މިއީ ފޯރަމް ބާއްވާ ތިން ވަނަ އަހަރެވެ. ފޯރަމް އެންމެ ފުރަތަމަ ފަހަރަށް ބޭއްވީ 2022 ގަ އެވެ.

ހިޔާލު ފާޅުކުރައްވާ