އެމެރިކާ އިން އަލުން ހަނދަށް ދާން ފަށާފައި އޮތް މިޝަންގެ މަސައްކަތް އަނެއްކާ ވެސް ފަސްކޮށްފި އެވެ.
"އާޓެމިކްސް" ކިޔާ ބޮޑު މިޝަންއެއްގެ ދަށުން އެމެރިކާ ޖައްވީ އިދާރާ، ނާސާ އިން އެންމެ ފަހުން އަމާޒު ހިފާފައި އޮތީ މި އަހަރުގެ ފަހުކޮޅު ނުވަތަ އަންނަ 2026 ކުރީކޮޅު އެސްޓްރޮނޯޓުންތަކެއް ހަނދަށް ފޮނުވުމަށެވެ. ނަމަވެސް މިކަން އަނެއްކާ ވެސް ފަސްވެއްޖެކަން އިއުލާންކޮށް ނާސާ އިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ މިހާރު ހަނދަށް ކުރާ ދަތުރު ރޭވިފައި އޮތީ 2027 އަށް ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވީ "އާޓެމިސް" މިޝަންގެ ދަށުން މިހާތަނަށް ހަނދަށް ކުރަން ހަމަޖެހިފައިވާ ދަތުރާ ގުޅޭ ވަރަށް ގިނަ ޓެސްޓްތަކެއް އެކި މަރުހަލާގައި ހެދިފައިވާ ކަމަށެވެ. އެގޮތުން އެންމެ ފަހުން އެސްޓްރޮނޯޓުންތަކެއް އޮރިއޯން ކެޕްސޫލްގައި ކުރި ޓެސްޓްތަކެއްގެ ތެރޭގައި އެ އުޅަނދު މާ ބޮޑަށް ހޫނުވުމުގެ މައްސަލަތަކެއް ފާހަގަވެގެން އެކަން ދިމާވާން ޖެހުނު ސަބަބު ދެނެގަންނަން މިހާރު ވަރަށް ގިނަ އިތުރު މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް ބިލް ބިދާޅުވި އެވެ.
ހަނދަށް ކުދާ ދަތުރަށް ބޭނުންވާ އުޅަނދާއި ދަތުރުގައި ބައިވެރިވާ އެސްޓްރޮނޯޓުން ބޭނުން ކުރަން ހަމަޖެހިފައިވާ ސްޕޭސްސޫޓް ފަދަ އެއްޗިއްސަކީ މިކަމަށް ތައްޔާރުވުމުގައި އެންމެ ބޮޑަށް އިސްކަންދޭ ކަންކަން ކަމަށް ނާސާ އިން ބުނެފައިވެ އެވެ.
ނާސާ އިން ނިންމާފައި އޮތީ ހަނދަށް އަލުން ކުރާ ދަތުރުގައި ހަތަރު އެސްޓްރޮނޯޓަލު ބައިވެރިކުރާށެވެ. މުޅިން އަލަށް އަންހެން އެސްޓްރިނޯޓަކު ވެސް ހިމެނޭ އެ ޓީމް މިދިޔަ އަހަރުގެ އެޕްރީލްގައި ނާސާ އިން އިއުލާންކޮށްފައިވެ އެވެ. އެއީ ވިކްޓާ ގްލޯވާ، 47، އާއި ރީޑް ވައިސްމަން، 48، ޖެރެމީ ހެންސެން، 48، ގެ އިތުރުން ކްރިސްޓީނާ ކޮޗް، 45، އެވެ.
Here they are. @SenBillNelson announces the #Artemis II crew, the next astronauts to fly around the Moon:@Astro_Christina@Astro_Jeremy@AstroVicGlover@Astro_Reid
We go together. https://t.co/XdUizg2Wye pic.twitter.com/6Yo4I2lKeJ
— NASA (@NASA) April 3, 2023
އެމެރިކާ އިން ފުރަތަމަ ހަނދަށް ދިޔައީ 1969 ގަ އެވެ. އަދި އެ ޝަރަފު ލިބުނު ފުރަތަމަ އެސްޓްރޮނޯޓަކީ 2012 ގައި މަރުވެފައިވާ ނީލް އާމްސްޓްރޯންގެވެ.
އެމެރިކާ އަލުން ހަނދަށް ދާން މަސައްކަތް ކުރަމުން އަންނަ ޗައިނާ އިން އަންނަނީ 2030 ގެ ކުރިން އެކަން ކާމިޔާބުވޭތޯ މަސައްކަތް ކުރަމުންނެވެ. ޖައްވީ މިޝަންތަކުގައި ޗައިނާ އަންނަނީ މި ފަހުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އިންޑިއާ އަކީ ވެސް މިހާރު ހަނދަށް ދާން ހުވަފެދެން ދެކެމުން އަންނަ ޖައްވީ މިޝަންތަކުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ގައުމެކެވެ.