Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ފިރިހެނުންނަށް ޤުރްއާން ކިޔަވަން ދަސްކޮށް ދެނީ

ޤުރްއާން ކިޔަވަން ދަސްކޮށްދޭން މާލެ ސަރަހައްދުގައި ހިންގަން ހަމަޖެހިފައިވާ ޕްރޮގްރާމެއްގައި ބައިވެރިވާން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެ މަރުކަޒުން ބުނީ ފިރިހެނުންނަށް ހާއްސަ މި ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ "އަލްމަޤާމާތުލް ޤުރްއާނިއްޔާ" ގެ ނަމުގައި ކަމަށެވެ. ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮންމެ ހުކުރު ދުވަހެއްގެ ޢިޝާ ނަމާދަށް ފަހު ހުޅުމާލޭ ފޭސް ދޭއްގެ ޙަސަން އާދަމް މިސްކިތުގަ އެވެ.

އެހެންވެ ޕްރޮގްރާމް ބައިވެރިވާން ބޭނުންވާ މީހުން އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 16 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީވާނީ މި ލިންކް https://docs.google.com/forms/d/1Kd61bCQHx3zZm2_8TKGljwhzk52FW8QpRopX51FE3H4/viewform?edit_requested=true މެދުވެރިކޮށެވެ.

ޤުރުއާންގެ އިލްމަށް އިސްލާމިކް މިނިސްޓްރީން މިހާރު ވަރަށް ބޮޑު އިސްކަމެއް ދީގެން ތަފާތު ޕްރޮގްރާމްތައް ހިންގަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.

އެގޮތުން "އަލްމަޤާމާތުލް ޤުރްއާނިއްޔަ" ޕްރޮގްރާމް އިފުތިތާހުކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ގަ އެވެ.