Last Updated: December 26, 18:21
Thursday, December 26, 2024
ޚަބަރު

އެންއައިސީ އަށް އިންޝާ އައްޔަންކުރަން ފާސްކޮށްފި

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް މަރިޔަމް އިންޝާ ފައިސަލް އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އެންއައިސީގެ މެންބަރު އަހުމަދު ޖިހާދުގެ ދައުރު ހަމަވުމާ ގުޅިގެން އެ މަގާމަށް، ގ. ނޫރަންފިނި، މަރިޔަމް އިންޝާ ފައިސަލް އައްޔަނު ކުރުމަށް މަޖިލީހަށް ފޮނުވާފައިވަނީ ނޮވެމްބަރު މަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންއައިސީގެ މެންބަރު ކަމަށް އިންޝާ އައްޔަނުކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެިރވި 58 މެންބަރުންގެ އިއްތިފާގުންނެވެ.

އިންޝާ ވަނީ މީގެ ކުރިން އެ ކޮމިޝަންގެ ސީނިއާ އިންވެސްޓިގޭޓަރެއްގެ މަގާމު ވެސް އަދާކުރައްވާފައެވެ.