Last Updated: December 26, 21:05
Thursday, December 26, 2024
މުނިފޫހިފިލުވުން

އަކްޝޭގެ 'ބޫތު ބަނގްލާ' ދައްކާލުން 2026 ގައި

އަކްޝޭ ކުމާރުގެ އާ ހޮރޯ-ކޮމެޑީ "ބޫތު ބަނގްލާ" 2026 ގެއެޕްރީލްގައި ރިލީޒްކުރަން ނިންމައި، ފިލްމުގެ އާ ޕޯސްޓަރެއް ވެސް މިއަދު ދައްކާލައިފި އެވެ.

ޕޯސްޓަރުގައިވާ ގޮތުން ފިލްމު ސިނަމާތަކަށް އަންނާނީ އެޕްރީލް 2، 2026 ގަ އެވެ.

"ބޫތު ބަނގްލާ" އަކީ އަކްޝޭގެ ފުރަތަމަ ހޮރޯ-ކޮމެޑީ 2007 ގެ "ބޫލްބުލައްޔާ" ގެ ވެސް ޑައިރެކްޓަރު ޕްރިޔަދަރުޝަން ހަދާ ފިލްމެކެވެ. އެ ދެ މީހުން އެކީގައި ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ގަރަމް މަސާލާ" އާއި "ބަގަމް ބާގް" ހިމެނެ އެވެ. "ބޫތު ބަނގްލާ" އަކީ 14 އަހަރު ފަހުން ޕްރިޔަދަރްޝަނާ އެކީ އަކްޝޭ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ.

މި ފިލްމަކީ އެކްތާ ކަޕޫރާއި އަކްޝޭގެ ފިލްމު ކުންފުނި، ކޭޕް އޮފް ގުޑް ފިލްމްސް ގުޅިގެން ހަދާ އެއްޗެކެވެ.