Last Updated: December 25, 12:05
Wednesday, December 25, 2024
ޚަބަރު

ކަސްޓަމްސްގެ ދެކުނުގެ ސަރަހައްދީ އޮފީސް ހުޅުވައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެކުނުގެ ސަރަހައްދީ އޮފީސް މަރަދޫގައި ހުޅުވައިފި އެވެ.

މި އޮފީސް ހުޅުއްވައި ދެއްވީ ހޯމް މިނިސްޓަރު އަލި އިހުސާން އާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އެވެ.

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި މި އޮފީހުގެ މަސައްކަތް ބައްޓަންވެގެން ދާނީ މިސަރަހައްދުގެ ޑޮކިއުމެންޓޭޝަން މަސައްކަތަށް ކަމަށެވެ. އަދި މުޅި ރާއްޖޭގައި ވެސް ކަސްޓަމްސް ބައެއް ހިދުމަތްތައް ދެވޭ ވަރުގެ އޮފީހަކަށް މި އޮފީސް ހެދުމަކީ އަމާޒެއް ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

މި އޮފީހުގެ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރު އެވެ.

ކަސްޓްމްސްގެ ދެކުނުގެ ސަރަހައްދީ އޮފީސް މަރަދޫގައި ހުޅުވިއިރު، އެތަނުގެ އޮފީސްތަކެއް ގަމާއި ލިންކް ރޯޑްގައި ހުންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އިމާރާތުގައި ވެސް ހިންގަ އެވެ.