Last Updated: December 26, 21:05
Thursday, December 26, 2024
މުނިފޫހިފިލުވުން

މި ތިބީ 'އިޑިއަޓްސް އޮފް އިސްތަންބޫލް'

ފަހަދު، ޓްރިޕްތީ އަދި އިމްތިއާޒް.

އިންޑިއާގެ ދެކުނުގެ އެކްޓަރު ފަހަދު ފާސިލާއި ބޮލީވުޑްގެ ބަތަލާ ޓްރިޕްތީ ދިމްރީ ހިމަނައިގެން ޑައިރެކްޓަރު އިމްތިއާޒް އަލީ ހަދަން ހަމަޖެހިފައިވާ ފިލްމުގެ ނަމަކީ "އިޑިއަޓްސް އޮފް އިސްތަންބޫލް" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން މިއަދު ބުނީ މިއީ ވަރަށް ތަފާތު ލޯބީގެ ވާހަކައެއް ކިޔައިދޭނެ ފިލްމެއް ކަމަށެވެ.

އިމްތިއާޒްގެ ފިލްމަކުން ފަހަދު ބޮލީވުޑަށް ނެރެން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ދެތިން މަހެއްހާ ދުވަސްވީ ނަމަވެސް އާ ފިލްމާ ބެހޭ އެއްވެސް ވާހަކައެއް އިމްތިއާޒް މިހާތަނަށް ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެ އެވެ.

ނަމަވެސް މީޑިއާތަކުން ބުނެފައި ވަނީ އޭނަގެ އާ ފިލްމުގެ ލީޑް ކާސްޓަކީ ފަހަދާއި ޓްރިޕްތީކަން މިހާރު ގާތްގަނޑަކަށް ކަށަވަރުވެފައިވާ ކަމަށެވެ. އަދި "އިޑިއަޓްސް އޮފް އިސްތަންބޫލް" ގެ ޝޫޓިން ފަށާނީ އަހަރުގެ ކުރީިކޮޅު ކަމަށާއި ޕްލޭންކޮށްފައި އޮތީ ޝޫޓީން ފެށުމަށް ފަހު، އެއްވާނެއްގެ ގޮތުގައި މަސައްކަތް ކުރިއަށް އޮތް ގެންގޮސް ތިން މަސްތެރޭގައި ޝޫޓިން އެއްކޮށް ނިންމަން ކަމަށް ޕިންކްވިލާ އިން ބުންޏެވެ.

ކުރިން ވެސް ވަރަށް ރީތި އަދި އެހާމެ ކާމިބާބު ފިލްމުތަކެއް ގެނެސްދިން އިމްތިއާޒްގެ އެންމެ ފަހުގެ ފިލްމަކީ ދިލްޖީތު ދޮސަންޖާއި ޕަރިނީތީ ޗޯޕްޅާ ހިމަނައިގެން މި އަހަރުގެ ކުރީކޮޅު ނެޓްފްލިކްސް އިން ގެނެސްދިން "އަމަރް ސިންފް ޗަމްކީލާ" އެވެ. އިމްތިއާޒްގެ އެންމެ ހިޓް ފިލްމުތަކަކީ "ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" ގެ އިތުރުން "ރޮކްސްޓާ" އެވެ.