Last Updated: December 26, 20:02
Thursday, December 26, 2024
ދުނިޔެ

ސީރިއާ އަށް ވަގުތީ ބޮޑުވަޒީރެއް

ސީރިއާގެ ރައީސް ބަޝާރުލް އަސަދުގެ ވެރިކަން ވައްޓައިލުމަށް ފަހު، އެ ގައުމަށް އިންތިގާޒީ ބޮޑިވަޒީރަކު އައްޔަންކޮށްފި އެވެ.

އެ މަގާމަށް އައްޔަންކުރީ މުހައްމަދު އަލް ބަޝީރެވެ. އޭނަ އިންތިގާލީ ބޮޑުވަޒީރުގެ މަގާމުގައި އަންނަ އަހަރުގެ މާޗް 1 އާ ހަމައަށް ހުންނަވާނެ އެވެ. ބަޝީރު ސީރިއާގެ 70 ވަނަ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެޑައިގަތް އިރު އޭނަ އަކީ ހުކޫމާތު އަލް-އިންގާޒް އަލް-ސޫރިއްޔާ ނުވަތަ "ސަލްވޭޝަން ގަވަރަމަންޓް (އެސްއެސްޖީ) ގެ ކުރީގެ އިސްވެރިއެކެވެ. އެގޮތުން ބަޝީރު އިދްލީބްގެ "ޑިވެލޮޕްމަންޓް މިނިސްޓަރު" ކަން ވެސް ކުރިން ކިރެއްވި އެވެ.

ގައުމާ ހަވާލުވެވަޑައިގަތުމަށް ފަހު ބަޝީރު ވަނީ މި ދަނޑިވަޅަކީ ގައުމަށް ސިޔާސީ ގޮތުން ލިބުނު ނަސްރާ އެކީ ގައުމުގެ އަމާންކަމާއި ސުލްހަ މަސަލަސްކަމަށް އިސްކަންދޭންވީ ވަގުތު ކަމަށް ވިދާޅުވެފަ އެވެ. އަދި އަސަދުވެ ވެރިކަން ވެއްޓުމަކީ ރައްތުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަން ފާހަގަ ކުރައްވައި ވިދާޅުވީ އެ ކާމިޔާބީ ރައްޔިތުން ފާހަގަ ވެސް ކުރަން ޖެހޭނެ ކަަމަށެވެ.

ދެހާސް ވަނަ އަހަރުން ފެށިގެން ސީރިއާގެ ރައީސްކަން ކުރައްވަމުން ގެންދެވި އަސަދުގެ ވެރިކަން ވައްޓައިލީ މި މަހުގެ 7 ގަ އެވެ. އެއާ އެކީ އޭނަ ވަނީ ފިއްލަވައިގެން ރަޝިއާ އަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދަވައިފަ އެވެ.

ގިނަ އަހަރުތަކެއް ފަހުން އަސަދުގެ ވެރިކަން ނިމުމަކަށް އައި އިރު، 2011 ގެ ފަހުން ސީރިއާ އޮތީ ދާހީލީ ހަނގުރާމައެއްގެ ތެރޭގަ އެވެ. މީގެ ސަބަބުން ގައުމު ވަރަށް ބޮޑަށް ވީރާނެ، ސުންނާފަތިވެ، ރައްޔިތުން ތިބީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.

ސީރިއާ އަކީ މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ހާލަތު އެންމެ ގޯސް އެއް ގައުމެވެ.